އިންތިޚާބުވެވަޑައިގެންފިނަމަ ޕްރީސްކޫލް ފީގެ 50% ދައްކައިދޭނެކަމަށް އާދަމް ޝިހާމް ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފިނަމަ ދާއިރާގައި ޕްރީ ސްކޫލު ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ފީގެ %50 ދައްކަވައިދެއްވާނެކަމަށް މަޑުއްވަރީ ދާއިރާއަށް އެމްޑިޕީ ޓިކެޓުގައި ވާދަކުރައްވާ އާދަމް ޝިހާމް ވިދާޅުވެއްޖެއެވެ.     އާދަމް ޝިހާމް މިހެން ވިދާޅުވެފައިވަނީ ރޭ މީދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝިހާމް ވިދާޅުވީ އެބޭފުޅާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފިނަމަ ލިބިލައްވާ މުސާރައިގެ %50 ހޭދަކުރައްވާނީ ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށްކަމަށެވެ. އަދި އެބޭފުޅާގެ މެމްބަރުކަމުގެ 5 އަހަރުގެ ތެރޭގައި މީދޫ އަދި މަޑުއްވަރީގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ހަދައިދެއްވާނެކަމަށްވެސް އާދަމް ޝިހާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޤުރުއާން ކުލާސްތަކުގެ ފީގެ %50 ވެސް ދައްކަވައިދެއްވާނެކަމަށް އާދަމް ޝިހާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.   މީގެއިތުރުން މީދޫގެ އިތުރު މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތްވެސް ސަރުކާރާގުޅިގެން ކުރައްވާނެކަމަށް އާދަމް ޝިހާމް ފާހަގަކުރެއްވިއެވެ.   އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒުކުރުމުގެ ވާހަކަދައްކަވަމުން އާދަމް ޝިހާމް ވިދާޅުވީ އެބޭފުޅާގެ ތަސައްވުރަކީ ރަށު ކައުންސިލްތަކަކީ ބާރުވެރި ކައުންސިލްތަކަކަށް ހެދުންކަމަށާއި ީދޫގެ ވަށައިގެންވާ ރިސޯޓުތަކާއި ފަޅުތަކާއި ގިރިތަކުން ކުލީގެ ގޮތުގައި 4.5 މިލިއަނާ ގާތްކުރާ އަދަދަކަށް މީދޫ ކައުންސިލަށް އާމްދަނީވަދެގެންދާނެކަމަށްވެސް އާދަމް ޝިހާމް ފާހަގަކުރެއްވިއެވެ.   އެބޭފުޅާގެ ވާހަކަފުޅުގައި އެޖެންޑާ 19އިން ރައްޔިތުން އުފާކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ހިމާޔަތްކުރުމަށް ކުރެވެންހުރި ކޮންމެކަމެއްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.   އާދަމ ޝިހާމަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީގައި އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކާ ވާދަކޮށް ކުރިހޯދައިގެނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...