މުބާރާތުގެ ޗެމްޕިއަންކަން ހަވާސް އެސްސީ ހޯދައިފި!
ގާގަނޑު އެފްސީ ބަލިކޮށް ހަވާސް އެސްސީ މުބާރާތް ކާމިޔާބުކޮށްފިއެވެ.   ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް ހަވާސް ކާމިޔާބުުރީ 4-2 ގެ ނަތީޖާއިން ގާގަނޑު އެފްސީ ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަވާސް އެއްސީގެ އަޙްމަދު އައިހަމް 2 ގޯލް ކާމިޔާބުކޮންދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ނާޖިހު މުހައްމަދެވެ. ގާގަނޑު އެފްސީއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަނޫސް އަހުމަދު އަދި މުޙައްމަދު މަމްދޫހެވެ.   މެޗަށްފަހު މުބާރަތުގެ އެކި މަޤާމްތަކަށް ކުޅުންތެރިންވަނީ ހޮވާފައެވެ.   މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން :   1. އަހުނަފް އަޙްމަދު ( ގާގަނޑު އެފްސީ ) 2. އަނޫސް އަޙްމަދު ( ގާގަނޑު އެފްސީ ) 3. އައިހަމް މުޙައްމަދު ( ގާގަނޑު އެފްސީ ) 4. އަޙްމަދު އައިހަމް ( ހަވާސް އެސްސީ ) 5. ޢަހްމަދު ހުސައިން ( ތަންގަނޑު އެފްސީ )   މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އައިވެންޓަސްއެވެ.   މުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔަކަށް ގާގަނޑު އެފްސީގެ އައިހަމް މުޙައްމަދު ހޮުވުނުއިރު، 9 ގޯލާއި އެކު ރަންބޫޓް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަވާސް އެސްސީގެ އަޙްމަދު އައިހަމްއެވެ.   މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...