ނުރަސްމީ ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރ އަމީން މަޑުއްވަރީ ދާއިރާއަށް!
ނުރަސްމީ ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރު މުހައްމަދު އަމީން މަޑުއްވަރީ ދާއިރާއަށް ވަޑައިގެންފިއެވެ. އެގޮތުން މިނިސްޓަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ މީދޫއަށެވެ.    މިނިސްޓަރަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ ބަޔަކު ބަނދަރަށް ނިކުމެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ފަހުގައި މިނިސްޓަރު އަމީން ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ ގޭގެއަށްވެސް ޒިޔާރަތްކުރައްވާފައެވެ.   މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު މީދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާއިރު މިވަގުތު މިނިސްޓަރު ހުންނެވީ މަޑުއްވަރީގައެވެ. މިރޭ މެމްބަރު އަމީތުގެ ކެމްޕެއިން ޓީމުން މީދޫ ނައިޓްރީސްގެ ކަންމަތީގައި ބާއްވާ ކެމްޕެއިން ޖަލްސާގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.   މިނިސްޓަރުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...