ރ. މަޑުއްވަރީ އަދި ރ. ހުޅުދުއްފާރުގައި ސަރުކާރުން ތަރައްޤީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްފިއެވެ.

މި ދެ ދަނޑުގެ ތެރެއިން ހުޅުދުއްފާރު ދަނޑުގެ ސަބް ބޭސް މަސައްކަތުގެ އަގަކީ 2.6 މިލިއަން ރުފިޔާއެވެ. އަދި މަޑުއްވަރީ ދަނޑުގެ މަސައްކަތުގެ އަގަކީ 1.7 މިލިއަން ރުފިޔާއެވެ. މި ދެ ދަނޑުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ރ. މީދޫގައި ސަރުކާރުން ތަރައްޤީ ކުރި ޓާރފް ދަނޑުގެ ސަބް ބޭސްގެ މަސައްކަތްވެސްކޮށްފައިވަނީ އާރުޑީސީ އާއި ހަވާލުކޮށްގެންނެވެ.