ސެމީފައިނަލް މެޗްތައް ކާމިޔާބުކޮށް ފައިނަލަށް ހަވާސް އެސްސީ އަދި ގާގަނޑު އެފްސީ!
ފޯރިގަދަ ސެމީފައިނަލް މެޗްތަކަކަށްފަހު ހަވާސް އެސްސީ އަދި ގާގަނޑު އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.   ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހަވާސް އެސްސީ، ތަންގަނޑު އެފްސި އާއި ވާދަކޮށް މެޗް ކާމިޔާބްކުރީ 5-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހަވާސް އެސްސީއަށް މުހައަިމިން ދެ ގޯލް ކާމިޔާބުކޮށްދިންއިރު، ނާޖިހު، އިރުޝާދު އަދި އައިހަމް ވަނީ ގޯލެއް ކާމިޔާބްކޮށްދީފައެވެ. ތަންގަނޑު އެފްސީގެ ދެ ގޯލް އަޙްމަދު ހުސައިން ކާމިޔާބުކޮށްދިންއިރު އަނެއް ގޯލައަކީ ހަވާސްގެ އިރުޝާދު އަތުން ބައިކޮޅަށްވަން ގޯލައެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަވާސް އެސްސީގެ އަޙްމަދު އައިހަމްއެެވެ.   ދެވަނަ ސެމީފައިނަލް މެޗްގައި ގާގަނޑު އެފްސީ މެޗް ކާމިޔާބު ކުރީ ބުންވަރު އެފްސީ ދެ ގޯލް ޖަހާފައިވަނިކޮށް ފަހަތުންއަރާ ތިން ގޯލް ޖަހައިގެންނެވެ. ގާގަނޑުގެ ދެ ގޯލް އައިހަމް ކާމިޔާބުކޮށްދިން އިރު އަނެއް ގޯލް ކާމިިޔާބުކޮށްދިނީ ރަޝާދު އަބުދުލް މަތީނެވެ. ބުންވަރުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ފަރުހާން އައި ނާއިފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާގަނޑު އެފްސީގެ އައިހަމް މުޙައްމަދެވެ.   ޔޫތް ކަޕް 2019ގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:00ގައި މީދޫ ފުޓްސަލް ދަނޑުގައެވެ. މި މެޗުގައި ބައްދަލްކުރާނީ ހަވާސް ސްޕޯޓސް ކުލަބް އަދި ގާގަނޑު ފުޓްސަލް ކުލަބެވެ. މި މެޗް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...