މެމްބަރު އަމީތަކީ މަޑުއްވަރީ ރައްޔިތުންގެވެސް ޚާދިމެއް!
މި ނިމިގެންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަމުން އަންނަ މެމްބަރު މުހައްމަދު އަމީތަކީ  މަޑުއްވަރީ ދާއިރާގައި ހިމެނޭ މަޑުއްވަރީ އަދި މީދޫއަށް ފާއިތުވެދިޔަ ފަސް އަހަރު ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ފަރާތްކަމާއިމެދު ޝައްކެތްނެތެވެ.   ދައުރުގެ މެދުތެރޭން މެމްބަރު އަމީތަށް ދިމާވި ގޮނޑި ގެއްލުމުގެ މައްސަލައާއި ހެދި ހަޤީޤަތުގައި މެމްބަރު އަމީތަށް ދާއިރާއަށް ޙިދުމަތް ކުރެއްވުމަށް ލިބިލެއްވީ ފުރިހަމަ ތިން އަހަރެވެ. ތިން އަހަރުގެ ތެރޭގައި ދާއިރާގެ ދެރަށަށްވެސް ކުރިއެރުންތަކެއް މެމްބަރު އަމީތު ހޯދައިދެއްވިއެވެ. މިއީ ދެބަސް ވެވޭނޭ ވާހަކައެއް ނޫނެވެ.   މީދޫ އެކޭ އެއްގޮތަށް މަޑުއްވަރީއަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަމީތުގެ މަސައްކަތާއިއެކު ހޯދައިދެއްވިއެވެ. މިނިސްޓްރީތަކުގެ ދޮރުގައި ޓަކިތަޅާ މިނިސްޓަރުންނާއި ހަމައަށް ރައްޔިތުންގެ އިހުސާސްތައް ގެންދަވާ ހެއްދެވީ މެމްބަރު އަމީތެވެ. ރައީސް އާއިހަމައަށްވެސް ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އިހުސާސްތައް ގެންގޮސްދެއްވި ބޭފުޅަކީ މެމްބަރު އަމީތެވެ.   މެމްބަރު އަމީތު މެމްބަރުކަމާއި 2014 ވަނަ އަހަރު ހަވާލުވެލެއްވިއިރު މަޑުއްވަރީގެ ހާލަތު އޮތީ ވަރަށް ގޯސް ހިސާބެއްގައެވެ. މަޤާމާއި ހަވާލުވެލައްވާ މަޑުއްވަރީގެ ހާލަތު ރަނގަޅު ކުރުމަށް އެތަކެއް މަސައްކަތްތަކެއްކޮށްދެއްވިއެވެ. ރަށްގިރުމުގެ ސަބަބުން ކުރިމަތިވަމުން އައި އުނދަގޫތަކަށް ހައްލު ހޯދުމަށް ރަށްވަށާ ބޮޑު ހިލަޖަހާ އެކަމެއް ހައްލު ގެނެސްދިނެއެވެ. މަޑުއްވަރީގައި އައު އިންޖީނުގެއެއް އަޅާ ނިންމީވެސް މި ފަސް އަހަރުގެ ތެރޭގައެވެ.   ރާއްޖޭގެ ބައެއް ބޮޑެތި ރަށްތަކުގެ ނަރުދަމާގެ ނިޒާމުވެސް ނުނިމި ވަނިކޮށް މެމްބަރު އަމީތުގެ މިންނަތް މަސައްކަތާއިއެކު މަޑުއްވަރީގައި ނަރުދަމާ ނިޒާމުވެސް ނިންމިއެވެ. މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ކިހާބޮޑު ލުޔިފަސޭހައެއް ހެއްޔެވެ. މަޑުއްވަރީގެ ފެނުގެ ނިޒާމުގެ މަސައްކަތް 2016 ވަނަ އަހަރު އިޢުލާނުކުރެވުނު ނަމަވެސް މަޑުޖެހިފައިވުމަށްފަހު މިހާރު މި މަޝްރޫޢުއަށް ބޭނުންވާ ސާމާނުވެސްވަނީ މަޑުއްވަރީއަށް ގެންދެވިފައެވެ.   މަޑުއްވަރީގެ ކުށުގެ ވެށިވެސް ގޯހުން ގޯހަށް ގޮސް ފުލުހުންގެ ޙިދުމަތަށް އެންމެ ބޭނުންޖެހުނު ދުވަހު މަޑުއްވަރީގައި ފުލުހުންގެ މަރުކަޒެއްވެސް ޤާއިމުކުރެވި ރަށުގެ އަމަންއަމާންކަން ހަމައަކަށް އެޅިގެންދިޔައީވެސް މެމްބަރު އަމީތުގެ މަސައްކަތާއިއެކުއެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ފުޓުސަލް ދަނޑެއް އެޅުމާއި ވޭސްޓް މެނޭޖްމަންޓު ސަރައްހައްދެއް މެމްބަރު އަމީތުގެ ދައުރުގައި ހެދި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.   ކެމްޕެއިން ސްޓަންޓެއް ގޮތަށް ބައެއް މީހުން މެމްބަރު އަމީތަށް މަޑުއްވަރީ ފެނިފައިނުވާކަމަށްބުނެ ވާހަކަތައް ދައްކަމުން އައި ނަމަވެސް މި ފާހަގަކޮށްލިކަންތައްތަކުންވެސް އެއީ 'ހޮޅި ވާހަކަ'ކަން އެނގިގެންދާނެއެވެ. މެމްބަރު އަމީތަކީ މަޑުއްވަރީ ރައްޔިތުންގެވެސް ޙާދިމެކެވެ. މަޑުއްވަރީ ރައްޔިތުންނަށް، މަޑުއްވަރީއަށް ބޭނުންވާ އިތުރު ތަރައްޤީ ދެންވެސް ގެނެވޭނީ މެމްބަރު އަމީތަށްކަން މި ނިމިގެންދާ ފަސް އަހަރު އެވަނީ ސާބިތުކޮށްދީފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...