މުބާރާތުގެ ސެމީފައިނަލް މެޗްތައް މިރޭ!
ޔޫތު ކަޕް 2019ގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ.   މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ގުރޫޕް އޭގެ އެއްވަނަ ހަވާސް ސްޕޯޓްސް ކުލަބު އަދި ދެވަނައިގެ ގޮތުގައި ބުންވަރު އެފްސީއެވެ. ގުރޫޕް ބީ އިން އެއްވަނައިގައި އޮވެގެން ގާގަނޑު އެފްސީ ސެމީ ފައިނަލަށް ދިޔައިރު، ގުރޫޕްގެ ދެވަނައަށް ދިޔައީ ތަންގަނޑު އެފްސީ އެވެ.   ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 22:00 ގައި ހަވާސް އެސްސީ، ތަންގަނޑު އެފްސީ އާއި ބައްދަލުކުރާއިރު 23:15 ގައި ބައްދަލު ކުރާނީ ގާގަނޑު އެފްސީ އަދި ބުންވަރު އެފްސީއެވެ.   މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 15 މާރިޗް 2019 ވާ ހުކުރު ދުވަހު ރޭ 22:00 ގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...