އައި.ޑީ ކާޑު މުއްދަތު ހަމަވެ، ވޯޓު ނުލެވޭނަމަ އަވަހަށް ހެއްދުމަށް މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
23 ސެޕްޓެމްބަރު 2018ގައި އޮންނަ ރިޔާސީ އިންތިޙާބުގެ ވޯޓުލުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު 13 ސެޕްޓެމްބަރު 2018ގެ ކުރިން ނޭޝަނަލް ރަޖިސްޓްރޭޝަނަށް ފޮނުވަން ޖެހޭތީވެ، އެ ތާރީޚުގެ ކުރިން ރ. މީދޫ ކައުންސިލަށް  ފޯމު ހުށަހަޅައި ކާޑު ހެއްދުމަށް މިއަދު އިޢުލާނުކޮށްފިއެވެ.

ކައުންސިލްގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން އެގޮތަށް ޢާއްމުކޮށް އިޢުލާނު ކުރީ 13 ސެޕްޓެމްބަރު 2018ގެ ފަހުން ފޮނުވާ މަޢުލޫމާތުތަކަށް ކާޑު ހަދައިދީ ޙަވާލުކުރަން ފޮނުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީވެ، ކާޑުގެ ވެރިފަރާތްތަކަށް ރައްދު ނުކުރެވިދާނެކަމަށްޓަކައި އެކަމަށް ސަމާލުކަން ދެއްވުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އަންގާފައިވާތީ ކަމުގައިއެވެ.

އައި.ޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ފާރާތްތަކުން ކައުންސިލްގެ އިޢުލާނުގައިވާ ގޮތަށް ކަންތައްކުރުމަކީ ވޯޓުލާން ބޭނުންނަމަ ވަރަށް މުހިއްމުކަމެއްކަމުގައިވާނެއެވެ.
      
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...