ހަވާސް އެސްސީން ބުންވަރު ކޮޅަށް 9 ގޯލް!
ބުންވަރު އެފްސީކޮޅަށް 9 ގޯލް ޖެހުމަށްފަހު ގުރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި ހަވާސް އެސްސީން ގުރޫޕް ސްޓޭޖް ނިންމާލައިފިއެވެ.   މިއަދު މެޗަށް ނިކުތްއިރުވެސް ސެމީގެ ޖާގަ ކަށަވަރުވެފައިވާ ހަވާސް އެސްސީން ނުވަ ގޯލް ބުންވަރު ކޮޅަށްޖެހި އިރު، ބުންވަރު އެފްސީން ވަނީ ހަތަރު ގޯލް ހަވާސް ކޮޅަށް ޖަހާފައެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު ހަވާސް އެސްސީގެ އަޙްމަދު އަައިހަމް ވަނީ 5 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ނާޖިހު މުޙައްމަދު ދެ ގޯލް ކާމިޔާބުކޮށްދިންއިރު މުހައިމިން އަދި ސަމާހް، ކޮންމެ ކުޅުންތެރިޔަކުވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. ބުންވަރު އެފްސީގެ ދެ ގޯލް ޝައްމޫން އިލްޔާސް ކާމިޔާބުކޮށްދިންއިރު، ނާޖިހު ޖަމީލް އަދި އަޙްމަދު ސިނާންވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.   ހަވާސް އެސްސީ އަދި ބުންވަރު އެފްސީ ސެމީ ފައިނަލްގައި ކުޅެން ޖެހޭނެ ޓީމެއް އެނގިގެންދާނީ މިރޭ 22:00 ގައި ގުރޫޕް ބީ ގައި ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައިވާ ގާގަނޑު އެފްސީ އަދި ތަންގަނޑު އެފްސީ ބައްދަލުކުރާ މެޗަށްފަހުއެވެ. މިރޭ 23:15 ގައި އައިވެންޓަސް އަދި އެމް ކޮކޯ ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...