މަހީ އެފްސީ ކަޓުވާލުމަށްފަހު ހަވާސް ކުޅުމު ފުރަތަމަ މެޗުން ސެމީއަށް.
މަހީ އެފްސީ ކަޓުވާލުމަށްފަހު ހަވާސް އެސްސީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގައެެއް ކަށަވަރުކޮށްފިއެވެ.   ހަވާސް އެސްސީ މެޗް ކާމިޔާބް ކުރީ ބައިކޮޅަށް ގޯލެއް ވަނަނުދީ މަހީ އެފްސީގެ ކޮޅަށް ހަތަރު ގޯލް ޖެހުމަށްފަހު އެވެ. ހަވާސްގެ ދެ ގޯލް މެޗުގައި މޮޅުކުޅުމެއް ދެއްކި ނާޖިހު މުޙައްމަދު ކާމިޔާބުކުރި އިރުު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ލަޔާން އަދި އަޙްމަދު އައިހަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަވާސް އެސްސީގެ ނާޖިހު މުޙައްމަދެވެ.   މި މެޗުން ބަލިވުމާއި އެކު މަހީ އެފްސީއަށް ވަނީ މުބާރާތް ނިމިފައެވެ. މަހީ އެފްސީ ކުޅުން ފުރަތަމަ މެޗުން ބުންވަރު އެފްސީ އަތުން ވަނީ 6-4 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއަދު މެޗުގެ ނަތީޖާއަށްފަހު ބުންވަރު އެފްސީވެސް ވަނީ މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެން ނަމަވެސް ގުރޫޕް އޭ ގެ އެއްވަނަ އަދި ދެވަނަ ޓީމް ޔަގީންވާނީ މާދަމާ ހަވީރު ބުންވަރު އެފްސީ އަދި ހަވާސް އެސްސީ ބައްދަލުކުރާ މެޗަށްފަހުއެވެ.      ގުރޫޕް ބީ ގައި މިރޭ 22:00 ގައި ތަންގަނޑު އެފްސީ ނިކުންނާނީ އެފްސީ ްއައިވެންޓަސް އާއި ދެކޮޅަށެެވެ. އަދި 23:15 ގައި ގާގަނޑު އެފްސީ ނިކުންނާނީ އެމް ކޮކޯއާއި ދެކޮޅަށެވެ. މި ގުރޫޕުގެ ފުރަމަތަ މެޗް 4 - 2 ގެ ނަތީޖާއަކުން ކާމިޔާބްކޮށްފައިވަނީ އައިވެންޓަސް އާއި ވާދަކޮށް ގާގަނޑު އެފްސީންނެވެ. އަދި ދެވަނަ މެޗް ތަންގަނޑު އެފްސީވެސް ކާމިޔާބު ކޮށްފައިވަނީ އެމް ކޮކޯއާއި ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...