2022 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުން ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ފުރިހަމަ ނަތީޖާއެއް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހެދި އިމްތިހާނުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒު ތަމްސީލްކުރި ހުރިހާ ދަރިވަރުން، ހުރިހާ މާއްދާއަކުން ފާސްވެ ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަނީ ސަތޭކަ އިންސައްތައިގެ ނަތީޖާއެއް ލިބިފައެވެ. މީގެ އިތުރުން އެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.

އެގޮތުން ޝަދާ މުޙައްމަދު ރަމީޒް އަދި އައިޝަތު ނަޢުމާ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި ހިމެނިފައިވާއިރު މަރިޔަމް ރާއިޝާ ހަބީބް ވަނީ ފަސް ވަނައިގައި ހިމެނިފައެވެ. މީގެ އިތުރުން ޒިންދު އަބްދުލް ވާޙިދު އަށް ވަނައިގައި ހިމެނުނުއިރު ރާއިޝް އަބްދުލް މުޙްސިން ވަނީ ނުވަ ވަނައިގައި ހިމެނިފައެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ރ. އަތޮޅުގައި އެންމެ ގިނަ ދުވަސްވީ އޭ ލެވެލް ކިޔަވައިދޭ ސްކޫލްއެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭ ލެވެލްގައި ކިޔަވައިދެއްވާ މުދައްރިސުންނަކީ ގިނަ ދުވަހުގެ ތަޖުރިބާއާއެކު ކިޔަވައިދެއްވަމުން އަންނަ، އަދި ނަތީޖާ ނެރެދެއްވަމުން އަންނަ މުދައްރިސުންކަން ފާހަގަކޮށްލެވެއެވެ.