އެންމެންގެ އެޑަމް، ކެމްޕެއިން މެކުހަށް!
މީދޫގެ އެމްޑީޕީގެ ފުރަތަމަ ބިންގާ ކަމުގައިވި ރ. މީދޫ ހުޅަނގު އަވަށު ރީނދޫ އަޅޯގެއިން އެމްޑީޕީ ކެމްޕެއިން މެކުހައްޖަހާ މިރޭ ވަރަށް ހާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.   މިދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓް އާދެ  އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމަކީ ކަމަށް އެންމެ ޤާބިލް ކެންޑިޑޭޓް ކަމާއި ދޭތެރޭ ދެބަސްވެވޭކަށް ނެތެވެ. ދާއިރާގެ ރައްޔިތުން ވިސްނަވާށެވެ. ދާއިރާގެ ދަރިއެއްގެ އިޙްސާސްތައް މިފަހަރު މަޖިލީހަށް ފާޅުކުރުމަށް ފުރުސަތުދެއްވާށެވެ. މި ދާއިރާގެ ގޮނޑި ދާއިރާ ނޫން އެހެން ބައެއްގެ އަތްމަށްޗަށް އެއްލާނުލައްވާށެވެ. އަބަދުވެސް މި ދާއިރާގެ ގޮނޑިއަކީ މި ދެރަށަށް އުފަން ދަރީންގެ ހައްގަކަށް ހަދަމާ ހިންގަވާށެވެ. މިއީ އަޅުގަނޑުމެންގެ ދާއިރާގެ ފަހަރަކަށް ހަދަމާ ހިނގާށެވެ.   އެންމެންގެ ވޯޓް އެޑަމްއަށް ދެއްވަމާ ހިނގާށެވެ. ނަމްބަރު 5 ގައި ފާހަގަ ޖައްސަވާށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...