މިސަރުކާރުގެ ތަރައްގީ މެއިންޓެއިން ކުރުމުގެ ގާބިލްކަންވެސް އެމްޑީޕީ ނެތްއަކު - ފަލާހް
މިސަރުކާރުގެ ތަރައްގީގެ މެއިންޓެނެންސް ބެލެހެއްޓުމުގެ ގާބިލްކަންވެސް އެމްޑީޕީގައި ނެތް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ ރޭ ޕީޕީއެމް ގެ މަލްހާރު ޖަގަހަ ހުޅުވުމަށްފަހު ބޭއްވި ބައްދަލުވުމެއްގަައި ވާހަކަ ދައްކަމުންނެވެ. މީގެއިތުރުން ފަލާހް ގެ  ވާހަކަފުޅުގައިވަނީ  މީދޫއިން  ރައީސް  ޔާމީންއަށް  ކުރާ  ސަޕޯޓް  ފާހަގަކޮށް  އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ފަލާހްގެ ވާހަކަފުޅުގައި ވިދާޅުވީ މީދޫގެ  ޒުވާނުންނަކީ  ތަޢުލީމީ  ޒުވާނުންތަކެއްކަން  ފާހަގަކޮށް މީދޫގެ ޒުވާނުން އިދިކޮޅު ކެނޑިޑޭޓަށް ވޯޓު ނުލާނެ ކަން ޔަގީންކަން އެބައޮތްކަމަށެވެ.   ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން  މީދޫ  ޕީޕީއެމް ކޯ ޓީމް  މެމްބަރ މުހަައްމަދު ރަފީޢު ވިދާޅުވީ މިހާރު  އިދިކޮޅާ ގުޅިގެން އެއުޅެނީ ކުރިން އެންމެ ވަރަށް ރައީސް ނަޝީދަށް ހަޖޫ ޖެހި މީހުން ކަމުގައެވެ. ރަފީޢު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އަކީ ތަރައްގީ ދަންނަ ބޭފުޅެއްކަމަށާއި ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ރައީސް ޔާމީން އަށް އިތުރު 5 އަހަރު ދޭން ޖެހޭ ކަމަށެވެ.   ރޭ ބޭއްވި ބައްދަލުވުމުގައި ރަސްމީކޮށް ޕީޕީއެމް މަލްހާރު ޖަގަހަ ހުޅުއްވައިދެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހްއެވެ. 
މިބައްދަލުވުމުގައި ޕީޕީއެމް ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ،      
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...