އެންމެ ތަޢުލީމީ ޤާބިލް ކެންޑިޑޭޓަކީ އާދަމް ޝަރީފްކަމާމެދު ޝައްކެތްނެތް!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތަޢުލީމީ ގޮތުން އެންމެ ޤާބިލް ކެންޑިޑޭޓަކީ ޕީ.އެން.ސީގެ ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމާއިމެދު ޝައްކެތްނެތެވެ.   މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް އުފަން އާދަމް ޝަރީފް ޢުމަރު ތަޢުލީމް ހާޞިލް ކުރެއްވީ ރ. މީދޫ، މާލެ އަދި މެލޭޝިޔާ އާއި އިނގިރޭސި ވިލާތުންނެވެ. އެ މަނިކުފާނަކީ މާސްޓާސް ހައްދަވާފައިވާ ތަޢުލީމީ ގާބިލް ކެންޑިޑޭޓެކެވެ. 1980 ވަނަ އަހަރު އެޑްވާންސް ސެޓިފިކެޓް އިން ޕްރައިމަރީ ޓީޗިންގ އެޑިޔުކޭޝަނަލް ޑެވެލޮޕްމެންޓް ސެންޓަރު ހައްދަވާފައިވެއެވެ.   2003 ވަނަ އަހަރު މެލޭޝިޔާގެ އޯޕެން ޔުނިވާސިޓީން ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޓީޗަރ އެޑިޔުކޭޝަން ހެއްދެވިއިރު މާސްޓާސް އޮފް އާރޓްސް އިން އެޑިއުކޭޝަން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސް އެންގްލިއާއިން ހެއްދެވީ 2007 ވަނަ އަހަރުއެވެ.   އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަޤާމުތަކެއް އެ މަނިކުފާނު ފުރުއްވާފައިވާއިރު ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުވެސް ވަރަށް ނަޒާހަތްތެރިކަމާއި ހިތްވަރާއިއެކު ފުރުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.   މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް އާދަމް ޝަރީފް ވާދަކުރައްވާއިރު އެމަނިކުފާނުގެ ކެންޑިޑޭޓު ނަމްބަރަކީ 2 އެވެ.
ކިޔުންތެރިންގެ ހިޔާލް

2019-03-11 05:36:28
އާދަމް ޝަރީފް
ތައުލީމީ ވީމަ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން މާސްޓާސް ހެދީ އޭރުގެ MQA ގެ އުސޫލުތަކާ ޚިލާފަށް. ޑިގްރީ ނެތި މާސްޓާސް ނުހެދޭ ކުރީގެ MQA ގެ ޤަވާޢިދު އޮންނަ ގޮތުން. ގިނަ އެސައިމަންޓްތައް ވެސް އިނގިރޭސި ބަހުން އޮންނާތީ ހެދީ އެހެން މީހުން ލައްވާ.
2019-03-11 12:54:14
އާދަމް ޝަރީފް
ކޮމެންޓް ފޮނުވީމަ ޖަހައިދޭކަށް ނުކެރޭ
އެންމެ މަގުބޫލު: 7 ދުވަސް

...