އުފާވެރި ޢާއިލާއަކަށް ބޭނުންވާނެ ގިނަ މަޢުލޫމާތުތަކަކާއިއެކު 'ނަމޫނާ އާޢިލާ' ދަރުސް މިރޭ!
ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާ ގުޅިގެން މީދޫގައި މިހާރު ކުރިއަށްދާ 'ލަކުސަނަ' ޕްރޮގުރާމްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބާއްވާ 'ނަމޫނާ އާޢިލާ' ދަރުސް މިރޭ އޮންނާނެއެވެ.   ޕްރެޒެންޓޭޝަނެއްގެ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދަރުސް ދެއްވާނީ އައްޝައިޙް މުހައްމަދު އަނީލްއެވެ. މިރޭގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 8:45 ގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައެވެ. މިރޭގެ ދަރުސްގައި އުފާވެރި ޢާއިލާއެއް ބިނާކުރުމަށް މައިންބަފައިންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އާއިލާއަކީ ނަމޫނާ އާއިލާއަކަށް ހެދުމަށް ދެމަފިރިން ކޮންމެހެން ކުރަން ޖެހޭނެ އެކި ކަންކަމާއި ގުޅޭ ގޮތުންވެސް މަޢުލޫމާތުދެއްވުމަށް ހަމަޖެހިފައެވެ.   މިރޭގެ ދަރުސްގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވެދެއްވުމަށް މި ޕްރޮގުރާމް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...