ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު މާދަމާ މީދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ބައިވެރިވެލައްވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސް މީދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ސޯލިހު ވަނީ މީގެ ކުރިން 2019 ވަނަ އަހަރުވެސް މީދޫއަށް ވަޑައިގަންނަވާފައެވެ.