ލަކުސަނަ: ފިރިހެން ބެލެނިވެރިންނަށް ހާއްސަކޮށްގެން ބޭއްވި ވޯކުޝޮޕަށް ބޮޑު ތަރުޙީބެއް!
'ލަކުސަނަ' ގެ ނަމުގައި ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާ އަދި މީދޫގެ ކުލަބު ޖަމުޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގުރާމްތަކުގެ ތެރެއިން ރޭގައި ކުރިއަށްދިޔަ ފިރިހެން ބެލެނިވެރިންނަށް ހާއްސަ ވޯކުޝޮޕަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.   ރޭ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީގައި ކުރިއަށްދިޔަ މި ސެޝަންގައި 80 އަށްވުރެ ފިރިހެން ބެލެނިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ފިރިހެން ބެލެނިވެރިންނަށް ހާއްސަ މި ފަދަ ވޯކުޝޮޕެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރޭގެ ވޯކުޝޮޕު ނަންގަވައިދެއްވީ ޝައިޙް މަންސޫރު އާދަމްއެވެ.   ރޭގެ ވޯކުޝޮޕުގައި ތަރުބިއްޔަތާއި ކުދިން ތަރުބިއްޔަތު ކުރުމުގައި ބައްޕައިން އަދާކުރަން ޖެހޭ ދައުރާއި އާއިލާއެއްގެ ހަމަޖެހުމަށް ބައްޕައިންގެ ދައުރާއި ގުޅޭ ގޮތުން ތަފާތު އެކި ހަރަކާތްތަކާއިއެކު ޝައިޙްވަނީ މަޢުލުމާތުދެއްވާފައެވެ.   ރޭގެ ވޯކުޝޮޕުގައި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވާކަން މި ހަރަކާތް އިންތިޒާމްކުރާ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...