އާދަމް ޝިހާމް މަޑުއްވަރީ ދާއިރާގެ އަންހެންކަނބަލުންނަށް އަންހެނުންގެ ދުވަހުގެ ހެޔޮ އެދުން ދަންނަވައިފި
މިއަދު ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ މަޑުއްވަރީ ދާއިރާގެ އެންމެހާ އަންހެން ކަނބަލުންނަށް މަޖިލިސް އިންޠިހާބުގައި އެމް.ޑީ.ޕީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރާ އާދަމް ޝިހާމް ފޮނުއްވައިފިއެވެ.   އެގޮތުން ދާއިރާގެ ދެ ރަށުގެ އަންހެނުންގެ ކޮމިޓީތަކާއި ގުޅިގެން އިންޠިހާބުވެއްޖެނަމަ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް އަޒުމް ކުރައްވާކަމަށާއި ދެ ރަށުގެވެސް އަންހެނުން މިހާރަށްވުރެ ބާރުވެރި މަސައްކަތްތެރި ހަރުދަނާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ އާދަމް ޝިހާމްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.   ހަމައެއާއިއެކު ދާއިރާގެ އަންހެންކަނބަލުންނަށް ބޭނުންވާ ގިނަ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށްވެސް މަސައްކަތްކޮށްދެއްވާނެކަމަށް އާދަމް ޝިހާމް ވިދާޅުވިއެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...