މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ރޭގެ މެޗުތައް ހަވާސް އަދި ހޭރިޔާއިން ކާމިޔާބުކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ހޭރިޔާ އަދި ގޮއްރާޅު ބައްދަލުކުރި މެޗު ހޭރިޔާއިން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. މި ހޭރިޔާގެ ރުޝްދާން ދެ ލަނޑު ޖެހިއިރު އަނާން ވަނީ އެއް ލަނޑު ޖަހާފައެވެ. ގޮއްރާޅުގެ ލަނޑުތައް ޖަހައިދިނީ ރިޔާސް އަދި އައިމަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޭރިޔާއަށް ކުޅޭ ރަށުން ބޭރު ކުޅުންތެރިޔާ އަޙްމަދު އީސާއެވެ.

ރޭގެ ދެވަނަ މެޗުގައި ހަވާސް އަދި ގޯޅި ގަނޑު ބައްދަލުކުރިއިރު މި މެޗު ހަތަރު ލަނޑު ތިން ލަނޑުން ކާމިޔާބުކުރީ ހަވާސްއެވެ. މި މެޗުގައި ހަވާސްއަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އާސިފް، މުހައިމިން، ނާޖިހްއެވެ. ހަވާސްގެ އެއް ލަނޑަކީ ގޯޅިގަނޑުގެ ރަޝާދު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ގޯޅިގަނޑުން ޖެހި ތިން ލަނޑުވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ރަޝާދުއެވެ.

މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޯޅިގަނޑު އަދި ގޮއްރާޅުއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޭރިޔާ އަދި ޒެފްރޯސްއެވެ.