ޔޫތު ކަޕްގެ ގުރޫޕް ބީ، މަރުގެ ގުރޫޕަކަށް!
މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތު ކަޕް ފުޓުސަލް މުބާރާތު ގުރުއަތުލައިފިއެވެ.   ޖުމްލަ 7 ޓީމު ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރޭގައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ފާއިތުވެދިޔަ ދެ ފުޓުސަލް މުބާރާތުގެ ޗެމްޕިއަން ތަންގަނޑު އެފް.ސީ، ގާގަނޑު އެފް.ސީ، އައިވެންޓަސް، ހަވާސް ސްޕޯޓްސް ކުލަބު، ބުންވަރު އެފް.ސީ، އެމް.ކޮ.ކޯ އަދި މަހީއެވެ.   މިގޮތުން މުބާރާތުގެ ގުރޫޕް އޭގައި ހިމެނިފައިވާ ޓީމުތަކަކީ ހަވާސް، މަހީ އަދި ބުންވަރެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ އައިވެންޓަސް، ގާގަނޑު، ތަންގަނޑު އެފް.ސީގެ އިތުރުން އެމް.ކޮކޯއެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރުގެ އިތުރުން ރޭގަނޑުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ހަވީރުއެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނާއަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...