ރ. މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް މިރޭ ފަށާނެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ފަސް ޓީމަކުންނެވެ. އެއީ ހަވާސް ސްޕޯޓްސް ކުލަބު، ހޭރިޔާ ސްޕޯޓްސް ކުލަބު، ޒެފްރޯސް އެފް.ސީ، ގޮއްރާޅު އަދި ގޯޅި ގަނޑެވެ.

މި މުބާރާތުގައި ކޮންމެ ރެއަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހޭރިޔާ އަދި ގޮއްރާޅު އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ހަވާސް އަދި ގޯޅި ގަނޑެވެ.

މުބާރާތުގެ ހުރިހާ މެޗެއް ކައުންސިލުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.