އެމް.ޕީ.ޓީ ބްރޭންޑް ޓޫލްސްގެ ރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓްކަން ބެސްޓް ބަޑީއަށް
ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް ވިއްކުމަށް ދިވެެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ބެސްޓް ބަޑީ ހަމައްޖައްސާ އެކުންފުންޏާއި ބެސްޓް ބަޑީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.    އެމް.ޕީ.ޓީ ( މޯސްޓް ޕްރޮފެޝަނަލް ޓޫލްސް ) އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދާ ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި ޢާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން އާއްމު ބޭނުންތަކުގައި ބޭނުންކުރާ ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ. ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް އެމް.ޕީ.ޓީ ގެ އެކްސް ކުލޫސިވް އޭޖެންޓުން ތިބޭއިރު ރާއްޖޭގައި މި ބްރޭންޑްގެ ޓޫލްސްވިއްކުމަށް އެޖެންޓްކަން ދީފައިވަނީ ހަމައެކަނި ބެސްޓް ބަޑީއަށްކަން ފާހަގަކޮށްލެވެއެވެ.     މި އެއްބަސްވުމާ ބެހޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ބެސްޓް ބަޑީގެ އޯނަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެމް.ޕީ.ޓީ ބްރޭންޑް ގެ ޓޫލްސް ރާއްޖެއަށް ތަޢާރަފްކުރުމުގެ ގޮތުން ފާއިތުވި 3  މަސްދުވަހު އެ ބްރޭންޑްގެ ތަފާތު އައިޓަމްތައް ރާއްޖެ އެތެރެކޮށް ބާޒާރަށްނެރެފައި ވާނެ ކަމަށާއި، އަދި ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމަށް ކަސްޓމަރުންގެ ފަރާތުން ކޮމެންޓް ލިބިފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ކަސްޓަމަރުން  އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް ބައްލަވައިގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް އޯޑަރ ކުރައްވަމުންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.     "އާއްމު ގޮތެއްގައި ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެން ހުންނަ މަޝްހޫރު ބްރޭންތައް ކަމުގައިވާ މަކިޓާ، ބޮސްކު، މެޓާބޯ ފަދަ ބްރޭންޑުތަކަށްވުރެ ހެޔޮއަގައި އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް ބެސްޓް ބަޑީއިން ލިބޭނެކަމަށާއި، އަދި ކޮލިޓީވެސް މަޝްހޫރުކަމަށް ބުނާ ބްރޭންޑްތަކާ އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ. އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސްގެ ބޮޑު ސިޕްމަންޓެއް އެޕްރީލް މަސްތެރޭ ރާއްޖެ ގެނެވޭނެކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ހުސްނުކޮށް ބެސްޓް ބަޑީގެ ފިހާރަތަކުން ކުޅުދުއްފުއްޓާއި މާލެއިން މިތަކެތި ފަސޭހަ ކަމާއެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަންނަން ލިބޭނެކަން ރަޝީދު ފާހަގަކުރެއްްވިއެވެ.   ބެސްޓް ބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުވަމުން އަންނަ ފިހާރައެެކެވެ. މި ދިޔަ މަހު ބެސްޓް ބަޑީގެ ފަރާތުން ކުޅުދުއްފުށީގައި ވަނީ ހާޑްވެއަރ ފިހާރައެއް ހުޅުވާފައެވެ. އަދި މި މަހު ބެސްޓްބަޑީގެ ޝޯރޫމެއް މާލޭގައިވެސް ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...