ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ޓީޗަރުން މާސްޓަރސް އޮފް އެޑިއުކޭޝަން ފުރިހަމަކުރައްވައިފި.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ޓީޗަރުން މާސްޓަރސް އޮފް އެޑިއުކޭޝަން ފުރިހަމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އާއި މީދޫ ކައުންސިލް ގުޅިގެން މީދޫގައި ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކުރި ހުރިހާ ޓީޗަރުންވެސް ދަސްވެނިވެފަައިވަނީ ރޭ ސިނަމާލެ ބުރިޖު މަތީގައި ބޭއްވި ޤައުމީ ޔުނިވާރސިޓީގެ ތާރީޙީ  ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. 
އެގޮތުން ރޭގެ ރަސްމިޔާތުގައި ދަސްވެނިވެފައިވާ މުދައްރިސުންނަކީ ހުސެއިން އަޔާޒު، އަބްދުﷲ ޝިހާމް، ހަސަން ފަވާޒު، އާތިފް ޒާހިރު، ރިޝްފާން އަބްދުލް ޢަނީ، ޒޫނާ  ރަޝީދު، މަރިޔަމް ރަޝީދާ، ވަދީފާ ސަޢީދު، މަރިޔަމް ނަސްމާ، ޖުމާނާ ޝަރީފް، ޒީނަތު ސަޢީދު އަދި ޝަމްލާ މުޙައްމަދެވެ. 
މި ކާމިޔާބީއާއިއެކު ރ. އަތޮޅު ތަޢުލީމީ މަރުކަޒު ވެގެންދާނީ އަތޮޅުތެރޭގައި އެންމެ ގިނަ މާސްޓަރސް ޑިގްރީ ފުރިހަަމަކުރައްވައިގެން ތިބި މުދައްރިސުން ކިޔަވައިދޭ އެއް ސްކޫލަށްކަން ފަޙުރުވެރިކަމާއިއެކު ފާހަގަކޮށްލަމެވެ. މިކަމުގެ ސަބަބުން ކުރިއަށްވުރެވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔަވަިދިނުމުގެ ފެންވަރު މަތިވެގެންދާނެއެވެ. 
12 މުދައްރިސުންުގެ އިތުރުންވެސް މީދޫއަށް ނިސްބަތްވާ އިތުރު 5 ފަރާތަކުން ވަނީ ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިވެފައެވެ. އެއީ އާސިފް ރަޝީދު، ހަފްސާ ޢަބްދުﷲ، މަރިޔަމް ސުހާ، މަމްދޫހު ޖަމާލް އަދި ޝަރަފިއްޔާ އިސްމާޢީލެވެ. . މީދޫއަށް ނިސްބަތްވާ މި ހުރިހާ ފަރާތްތަކުން މި ހޯދީ ފަޙުރުވެރި ކާމިޔާބީއަށް މީދޫ ޓައިމްސްގެ ނަމުގައި މަރުހަބާ ދަަންނަވަމެވެ. މިއަދު ތިޔައީ މި މީދޫ އެ ބަޔަކަށްޓަކައި ފަޙުރުވެރިވާ ދަރިންތަކެކެވެ.                       
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...