ލަކުސަނަގެ ހާއްސަ މެހުމާނުންގެ ގޮތުގައ އަކްރަމް، ބަކާ އަދި ޑރ. ޝާން މީދޫއަށް!
ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާ އަދި މީދޫގެ ކުލަބު ޖަމިއްޔާތަކާޢީ ސަރުކާރު މުއައްސަސަތައް ގުޅިގެން ކުރިއަށްއޮތް ހަފްތާ ބަންދުގައި މީދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލަކުސަނަގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހާއްސަ މެހުމާނުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ފަރާތްތަކުން މީދޫއަށް ދާގޮތަށް ހަމަޖެހިއްޖެއެވެ.   އެގޮތުން އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ، މަޝްހޫރު މިޑްފީލްޑަރު އަލީ އާރިފް (ބަކާ) އަދި ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޝާން ލަކުސަނަގެ އެކި ހަރަކާތްތަކުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.   އެގޮތުން އަކުރަމް އަދި ބަކާ އާއެކު ކުރިއަށްގެންދާ ހާއްސަ ކިޑްސް ފުޓުބޯޅަ ކޭމްޕެއް ހުކުރު ދުވަހު ހެނދުނު ސްކޫލްކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާނެއެވެ. މީގެ އިތުރުން އެކިކަހަލަ ވޯކްޝޮޕްތަކުގައި ޑރ. ޝާންވެސް ބައިވެރިވާނެއެވެ. އެގޮތުން އިސްރަށްވެހިންގެ ވޯކުޝޮޕުގައި ޝައިޚް އަލީ ޒާހިރާއިއެކު ޑރ. ޝާން ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބެއެވެ.   މި ޕްރޮގުރާމްތަކުގައި މިފަދަ ފަރާތްތަށް ބައިވެރިކުރަން ނިންމީ ރަށުގެ ޒުވާނުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައިކަމަށާއި ޑރ. ޝާން ފަދަ ބޭފުޅުން ބައިވެރިވުމަކީ ރަށަށްވެސް ލިބިގެންދާނެ ފަޚުރެއްކަމަށް ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުޙައްމަދު ޞަބާހު ވިދާޅުވިއެވެ. މީގެ އިތުރުން ލަކުސަނަގެ ހަރަކާތްތަކަށް މީދޫއިން ލިބެމުންދާ ތަރުޙީބަށް ޞަބާހު ޝުކުރުއަދާކުރެއްވިއެވެ.   ލަކުސަނަގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ޝައިޙުންނާއި އެކިއެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެލައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ޕީސް ފައުންޑޭޝަން އަދި އުއްމީދު ޖަމުޢިއްޔާއިން ގުޅިގެން ކުރިއަށްއޮތް ހަފްތާ ބަންދުގައި މީދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލަކުސަނަގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހާއްސަ މެހުމާނުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ފަރާތްތަކުން މީދޫއަށް ދާގޮތަށް ހަމަޖެހިއްޖެއެވެ.   އެގޮތުން އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ، މަޝްހޫރު މިޑްފީލްޑަރު އަލީ އާރިފް (ބަކާ) އަދި ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޝާން ލަކުސަނަގެ އެކި ހަރަކާތްތަކުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.   އެގޮތުން އަކުރަމް އަދި ބަކާ އާއެކު ކުރިއަށްގެންދާ ހާއްސަ ކިޑްސް ފުޓުބޯޅަ ކޭމްޕެއް ހުކުރު ދުވަހު ހެނދުނު ސްކޫލްކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާނެއެވެ. މީގެ އިތުރުން އެކިކަހަލަ ވޯކްޝޮޕްތަކުގައި ޑރ. ޝާންވެސް ބައިވެރިވާނެއެވެ. އެގޮތުން އިސްރަށްވެހިންގެ ވޯކުޝޮޕުގައި ޝައިޚް އަލީ ޒާހިރާއިއެކު ޑރ. ޝާން ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބެއެވެ.   މި ޕްރޮގުރާމްތަކުގައި މިފަދަ ފަރާތްތަށް ބައިވެރިކުރަން ނިންމީ ރަށުގެ ޒުވާނުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައިކަމަށާއި ޑރ. ޝާން ފަދަ ބޭފުޅުން ބައިވެރިވުމަކީ ރަށަށްވެސް ލިބިގެންދާނެ ފަޚުރެއްކަމަށް ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުޙައްމަދު ޞަބާހު ވިދާޅުވިއެވެ. މީގެ އިތުރުން ލަކުސަނަގެ ހަރަކާތްތަކަށް މީދޫއިން ލިބެމުންދާ ތަރުޙީބަށް ޞަބާހު ޝުކުރުއަދާކުރެއްވިއެވެ.   ލަކުސަނަގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ޝައިޙުންނާއި އެކިއެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެލައްވާގޮތަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

2019-03-05 07:19:34
Lakusaana
?Lakusaanaa akay koachehtha
އެންމެ މަގުބޫލު: 7 ދުވަސް

...