ގާލްގައިޑުންނާއި ލިޓްލް މެއިޑުންގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ޖަމްބަލް ސޭލެއް ބާއްވަނީ!
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑު ކުދިންގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ޖަމްބަލް ސޭލެއް މާދަމާ އޮންނާނެއެވެ.   މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00އާއި ދޭތެރޭ ރ. އަަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މި ޖަމްބަލް ސޭލުގައި ތަފާތު އެކި ބާވަތުގެ އަންނައުނުގެ އިތުރުން ހެދިކާވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެއްވައެވެ.   ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުﷲ ޝިހާމް މީދޫ ޓައިމްސްއަށް މައުލުމާތުދެއްވިގޮތުގައި މި ސޭލްއަކީ މަރުކަޒުގެ ގާލްގައިޑުންނާއި ލިޓްލް މެއިޑުންގެ ބެލެނިވެރިންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ސޭލެކެވެ.   ރ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބެލެނިވެރިންނާއި ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަމުންކަން ފާހަގަކޮށްލެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...