ތަރައްޤީ ގެނައުމުގެ ފޯމިއުލާ އޮތީ އަމީތު އަތުގައި
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިހާބުވުމާއެކު ފެނިގެންދިޔައީ މީގެކުރިން އެއްވެސް ސަރުކާރަކަށް ނުގެނެވުނު ތަރައްޤީގެ އެތައް މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދިޔަތަނެވެ. ކުރިން ބަރަވެލި ސްޕީޑުގައި ހެދެމުންދިޔަ ރަށްރަށުގެ ބަނދަރުތަކާއި ނަރުދަމާ ޤައިމްކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެތައް ރަށެއްގައި ހަލުވިކަމާއެކު ކުރިއަށްދާންފެށިއެވެ. މިހުރިހާ ތަރައްޤީގެ މަޝްރޫއެއްގެ ކުލަ އެރަށެއްގައި ޖެހެމުން ދިޔަ އެއް ރަށަކީ މާޅޮސްމަޑުލު އުތުރުބުރީ މީދޫއެވެ. ރ. މީދޫގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއަށް ލޯބިކުރާ، ތަރައްޤީ ބޭނުންވާ ބައެކެވެ. އެއާއެކު 2014ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައިވެސް މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ސަރުކާރަށް ތާއީދުކުރާ ކެނޑިޑޭޓެއް އިންތިހާބުވުން ވެގެންދިޔައީ ދާއިރާއަށް ތަރައްޤީ އޮހިގެން ދިޔަ ސަބަބަކަށެވެ. މަޖިލީހުގެތެރެއިންނާއި ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ކަންތައްތައް ނިންމުމުގައި މެމްބަރު އަމީތު ފެނިގެންދިޔައީ ފަރިތަ ބޭފުޅެއްގެގޮތުގައެވެ.
މީދޫގެ މަގުތަކުގައި ފެންބޮޑުވެފައިވާ ދުވަސްވަރުގެ ފޮޓޯއެއް | ފޮޓޯ: އެމްޓީގެ ކިޔުންތެރިއެއް
ދައުރުގެތެރޭން އަމީތަށް ލިބިގެންދިޔަ ކުރު 3އަހަރުގެ މުއްދަތުގެތެރޭގައި ބޯކޮށް ފެންހެދެމުންދިޔަ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދީ މީދޫގެ ރައްޔިތުންގެ ހިތްތަކުން އެހިތި ހަނދާންތައް ފޮހެލައިދިނެވެ. ސުކޫލުވަށައިގެންހުރި މަގުތަކުގައި ފެންބޮޑުވެ ސްކޫލު ބަންދުކުރި ދުވަސްތައް މީދޫ ރައްޔިތުން މިހާރު ހަނދާން ނެތިއްޖެއެވެ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ސަރުކާރާއިގުޅިގެން މެމްބަރު އަމީތު ފަހިކޮށްދިނެވެ. މިީދޫ މިހާރު މިފެންނަ ނަލަ ނަލަ މީދޫއަކަށް ހަދައިދިނެވެ.
ރ. އަތޮޅު ތައުލީމީ މަރުކަޒު | ފޮޓޯ: މީދޫ ޓައިމްސް
މަގުހެދުމުގެ މަޝްރޫއު ފެށުމުގެކުރިން މަގުތަކުގެ އަޑިއަށް ދާންޖެހޭ ނަރުދަމާއާއި ފެނުގެ ހޮޅިތައް އަޑިއަށް ވަޅުލުމަށްޓަކާ ސަރުކާރުގެ އެންމެ އެތެރެއަށް ވަދެވަޑައިގެން، މަގުތަކުގައި ގައުއެތުރުމުގެކުރިން ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫއާއި ނަރުދަމާގެ މަޝްރޫއު ފަށާ، ކާމިިޔާބުކަމާއެކު ނިންމިއެވެ. މިހާރު މީދޫގެ ރައްޔިތުންނަށް އެއްދޮނުގައި 'ތިންބުޅި'ވަނީ ޖެހިފައެވެ.

ބޭންކް އޮފް މޯލްޑިވްސް މީދޫ ބްރާންޗް | ފޮޓޯ: މީދޫ ޓައިމްސް
އަދި މިވަރުން ނިންމަވާލެއްވީއެއްނޫނެވެ. ކައިރިރަށްތަކުގައި ގިނަ ރިސޯޓުތަކެއް ހަދަން ފެށުމާއެކު ދުރު ރާސްތާ ވިސްނުމެއްގެދަށުން މީދޫއަށް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއްވެސް ގެނެސްދެއްވިއެވެ. މިއަދު މީދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން އަދި ރިސޯޓުތަކުގެ މުވައްޒަފުން މި ބޭންކުގެ ހިދުމަތް ހޯދާކަމީ މިސަރަހައްދަށްވެސް ލިބުނު ކުރިއެރުމެކެވެ. އިޤްތިޞާދީ ގޮތުން މީދޫއަށްވެސް ލިބުނު މޮޅެކެވެ.

ރ. މީދޫ ފުޓްސަލް ދަނޑު | ފޮޓޯ: މީދޫ ޓައިމްސް
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި އެދުރުން އަދި ބެލެނިވެރިންގެ އިތުރުން މުޅި މީދޫ، ރ. އަތޮޅު ތައުލީމީ މަރުކަޒަށް މަލްޓިޕާޕޯސް ހޯލެއް ލިބުމަށް އެދޭތާ 15 ވަރަކަށް އަހަރުވީފަހުން އެކަމުގެ އުއްމީދު މީދޫގެ ރައްޔިތުންނަށް އައުވެގެންދިޔައީ މިދިޔަ 5 އަހަރުގެތެރޭގައެވެ. އެއަށްފަހު 2 އަހަރުދުވަހުގެ ތެރޭގައި ބިޔަބޮޑު ހޯލުގެ މަސައްކަތްނިންމާ، މިހާރު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެދަނީ ހޯލުގެ ބޭނުންކުރަމުންނެވެ.

މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދައިދިނުމަށް އެހީތެރިވުމުގެގޮތުން ކުރިއަށް އޮތް 5 އަހަރަށް މަޑުއްވަރީ ދާއިރާގެ ގޮަނޑިއަށް މެމްބަރު އަމީތުވަނީ ކުރިމަތިލައްވާފައެވެ. ސަރުކާރާގުޅިގެން މީދޫއަށާއި މަޑުއްވަރީއަށް އިތުރު ތަރައްޤީގެނެސްދިނުމަށެވެ.

ގައިމުވެސް މިދިޔަ 5 އަހަރު ދާއިރާގެ މެމްބަރުވަނީ ސަރުކާރާގުޅިގެން ދާއިރާގެ ރައްޔިތުން ހެއްވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލް

2019-03-02 08:07:29
Equality
Taraggee aee meedhoo ah maduvvaree akah naadhe
އެންމެ މަގުބޫލު: 7 ދުވަސް

...