މިފަހަރުވެސް މީދޫގައި ބަހައްޓާ 2 ވޯޓުފޮށިވެސް ހުންނާނީ ސްކޫލުގައި!
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. މީދޫގައި މިފަހަރުވެސް 2 ވޯޓު ފޮށްޓެއް ބަހައްޓާއިރު، 2 ފޮށިވެސް ހުންނާނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.     އިލެކްޝަންސް ކޮމިޝަނުންް ކޮށްފައިވާ އިއުލާނެއްގައިވާގޮތުން ރ. މީދޫ -1 E05-13.1 ނަންބަރު ފޮށްޓަށް ވޯޓުލާނީ މީދޫ އަމީނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ   މީހުންނާއި ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.  އަދި ރ. މީދޫ - 2، E05-13.2 ނަނަބަރު ފޮށްޓަށް ވޯޓުލާނީ މީދޫ އަމީނީމަގުގެ އުތުރު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.   މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް 2 ފޮށި ބަހައްޓާފައިވަނީ ހަމަ ރ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...