މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚާއްޞަ ހަަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުﷲ ޝިހާމް ވިދާޅުވީ މިދުވަސް ފާހަގަކުރުމުގެ ގޮތުން އެ މަރުކަޒުގައި ތަފާތު ހަރަކާތްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ޚާއްސަ އެސެމްބްލީގައި ސްކޫލު ކެޕްޓަން ޔަމާން އަހުމަދު ނަސީމްވަނީ ދުވަހާގުޅެގޮތުން ދަރިވަރުންނަށް މައުލޫމަތު ފީފައިވާކަމަށް ޝިހާމް ވިޑާޅުވިއެވެ.    މީގެއިތުރުން ޝިހާމް ފާހަގަކުރެއްވިގޮތުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގެ ގްރޭޑް 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދިވެހިބަހުގެ އައު ލަފުޒުތައް ބޭނުންކޮށްގެން "ބަސްތޫރަ ކުއިޒް"ގެ ނަމުގައި ކުއިޒެއް މި ހަފްތާ ބަންދުގައި ބޭއްވިފައިވާކަމަށް ޝިހާމް ވިދާޅުވިއެވެ.    މީގެއިތުރުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބަހުސެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ޝިހާްމް ފާހަގކުރެއްވިއެވެ.   ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...