މީދޫ ކައުންސިލް އަދި މީދޫ އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ މަހާރެހެނދި ފިއެސްޓާ ނެޓުބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.

މިއަދުގެ މެޗުތަކުގައި ބައްދަލުކުރީ ސްޓާސް އަދި ޒިލީގެ އިތުރުން ހޭރިޔާ އަދި ޑެއިޒީއެވެ. ހޭރިޔާ އަދި ޑެއިޒީ މެޗު 19 ޕޮއިންޓު 19 ޕޮއިންޓުން އެއްވަރުވިއިރު ސްޓާސްއިން ޒިލީގެ މައްޗަށް ކުރިހޯދީ 23 ޕޮއިންޓު 18 ޕޮއިންޓުންނެވެ.

ސްޓާސް އަދި ޒިލީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓާސްގެ ޝަހީރާއެވެ. ހޭރިޔާ އަދި ޑެއިޒީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑެއިޒީގެ މަރިޔަމް ޢަލީއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ ހޭރިޔާ އަދި ސްޓާސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނި ޑެއިޒީ އަދި ޒިލީއެވެ.