މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޒުވާން ޓީމަކުން ކުރިމަތިލައިފި
މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރު ހަމަވުމާއެކު އެކޮމިޓީގެ އައު ދައުރަކަށް މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު ޒުވާން ކަނބަލުންގެ ޓީމެއް ކުރިމަތިލައިފިއެވެ. މިއީ ފަހުގެ ތާރީޚުގައި މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ޒުވާނުންގެ ތެރެއިން ބޭކަނބަލުން ކުރިމަތިލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިޒުވާން ޓީމުގައި ހިމެނެނީ ރ. މީދޫ ވެނީލާގޭ ސިޔާމާ ޢަބްދުއްރައްޒާޤާއި، ރ. މީދޫ ރަތްދަޅަގޭ ފާތިމަތު ނަޝާއާއި، ރ. މީދޫ  ރަންދެލި  ދީމާ ޔަޙުޔާއާއި، ރ. މީދޫ ބިންހިމަގޭ އާއިމިނަތު އަސްމާގެ އިތުރުން ރ. މީދޫ ނާގޯށި ނިޢުމާ މުހައްމަދާއި ރ. މީދޫ ރަނައުރާގޭ ލީނާ އައްބާސްއެވެ.

މިޓީމުގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ސިޔާމާ ޢަބްދުއްރައްޒާޤު ބުނީ މި ކޮމިޓީއަށް ކުރިމަތިލުމުގެ ބޭނުމަކީ އައު ޚިޔާލުތަކަކާއެކު އަންހެނުން ބާރުވެރިކުރުވުމާއި ރަށުގެ ތަރައްޤީގައި ޒުވާން ކަނބަލުންގެ ދައުރު ފުޅާކުރުންކަމަށެވެ.

މީދޫ އަންހެނުންގެ ތަރއްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށްކަމަށް މީދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. ކޮމިޓީގެ މެމްބަރުކަމަށް 7 މެމްބަރުން އިންތިޚާބުކުރަން ހަމަޖެހިފައިވާއިރު ވޯޓުލުން ކުރިއަށްދާނީ އަންނަ އަންގާރަދުވަހުގެ ވަގުތެއްގައިކަމަށް މީދޫ ކައުންސިލުން މައުލޫމާތުދެއްވިއެވެ.

މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މިހާރުވެސް 7 މެމްބަރުންނަށްވުރެ އިތުރަށް ކުރިމަތިލާފައިވާކަމަށް މައުލޫމާތުލިބެއެވެ. އެހެންކަމުން  މިއީ ފަހުގެ ތާރީޚުގައި މި ކޮމިޓިއަށް މެމްބަރުން ހޮވުމަށް އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...