ރ. މީދޫ ކައުންސިލުން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މި ފެށޭ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުބާރާތުގައި ޓީމްތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވާ، ޒުވާނުންނަށް ފުޓްސަލްއިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކައުންސިލުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން ފީއެއްގެ ގޮތުގައި ފައްސަތޭކަ ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
2021 ވަނަ އަހަރު ބޭއްވި ކައުންސިލް ފުތްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަވާސް ސްޕޯޓްސް ކުލަބުންނެވެ.