ރ. މީދޫގައި ތަރައްޤީ ކުރަން ފަށާފައިވާ ޓާފް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މައިނާ ސްޕޯޓްސް ފީލްޑް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ކުންފުނިނުން ބުނީ ޓާފް އެޅުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ރ. މީދޫ ޓާފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އާރުޑީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ސަބް ބޭސްގެ މަސައްކަތް އެކި ސަބަބުތަކާއިހުރެ ނުނިމި ދިގުލައިގެންދިޔައިރު، ސަބް ބޭސްގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އާރުޑީސީއާއި ހަވާލުކޮށްގެން ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.