ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި މީދޫގެ ބިންހިއްކައިދޭނެކަމަށް ރައީސް ޔާމީން ވަޢުދުވެވަޑައިގެންފި
ކުރިއަތް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާޏު ދެވަނަދައުރަކަށް އިންތިޚާބުކުރައްވައިފިނަމަ މީދޫ ބިންބޮޑުކުރުމުގެ ގޮތުން ބިން ހިއްކަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.   މީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މއަދު މީދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫގެ ރައްޔިތުން އެދެނީ މީދޫގެ ބިންބޮޑުކުރުމަށް ވަނީނަމަ އެމަނިކުފާނުގެ އައު ދައުރުގެ ފުރަތަމަ 2 އަހަރު ނިމުމުގެ ކުރިން މީދޫގެ ބިންހިއްކުމުގެ މަޝްރޫޢު ނިންމަވާނެކަމަށެވެ. ގިނައަދަދެއްގެ މީދޫ ރައްޔިތުން ބައިވެރިވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ މީދޫއަކީ ފެށުނީއްސުރެ އެމަނިކުފާނުގެ ފިކުރަށް ތާޢިދުކުރާ ރައްޔިތުން ގިނަ ރަށެއްކަމަށާއި އެކަމަށްޓަކައި މީދޫގެ ރައްޔިތުންނަށް ޝުކުރުއަދާކުރާކަމަށެވެ. އަދި ސެޕްޓެމްބަރުމަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މި ތާޢީދު ވޯޓަށް ބަދަލުކޮށްދެއްވުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މީދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މީދޫ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...