ބްލޫ ސްޕީޑު ޑިންގީއަށް ހުކުރު ދުވަހު ލިބުނު 7250 ރުފިޔާ ފާތިމަތު މޫސާއަށް!
ބްލޫ ސްޕީޑް ޑިންގީއަށް ހުކުރު ދުވަހު ކުރި ހުރިހާ ދަތުރަކުން ލިބުނު 7250 ރުފިޔާ ކިޑްނީ ބަދަލުކުރަން ޖެހިފައިވާ ރ. މީދޫ ރޯޒްމީޑް ފާތުމަތު މޫސާއަށް ހަދިޔާކޮށްފިއެވެ.   ބްލޫ ސްޕީޑް ޑިންގީން ކުރިވެސް ހާމަކޮށްފައިވާ ގޮތަށް އެ ޑީންގީން އެ ދުވަހު ކުރި ހުރިހާ ދަތުރަކުން ލިބުނު ފައިސާ ފާތުމަތު މޫސާއަށް ހަދިޔާކުރަން ނިންމީ ފާތުމަތު މޫސާގެ އާއިލާއަށް ދިމާވެފައިވާ ދަތި ހާލުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ގޮތުންކަމަށް އެ ޑިންގީގެ ވެރިފަރާތްތަކަށްވާ ހުސެއިން ފާއިޒް ބުންޏެވެ.   އެ ދުވަހު ގިނަ ބަޔަކު ބްލޫ ސްޕީޑުގެ ޑިންގީތައް ދަތުރުކުރުމަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ރ. މީދޫ ރޯޒްމީޑް، ފާތުމަތު މޫސާއަށް އެހީވުމަށް މީދޫ ކައުންސިލާއި، މީދޫ ޕޮލިސް އަދި ކުލަބު ޖަމުޢިއްޔާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ޑޯޓުޑޯ ފަންޑުރައިޒިންގ އިވެންޓަށްވެސް 84،165 ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...