ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތީ ކޮންމެހެން އޮންނަންޖެހޭ ގުޅުމެއް!
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވި ހިސާބުން ފެށިގެން އަންނަނީ އަވަށްޓެރި އިންޑިޔާއާއި ދެމދު ވަރަށް ގާތް ގުޅުމެއް ބަދަހިކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ޖަލްސާގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަތުމާއި އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ސޯލިހު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުންވެސް އިންޑިޔާގެ ބޮޑުވަޒީރާއެކު ބޭއްވި ބޭއްވުން މިކަމުގެ ހެއްކަކަށް ފުދެއެވެ.    ދަންނަވަން މިއުޅެނީ އެހްނެ ވާހަކައެކެވެ. ރާއްޖެއާއި އިންޑިޔާއާއި މިފަދަ ގާތްގުޅުމެއް ބާއްވަމުން މިއަންނަނީ ހަމައެކަނި ރައީސް ސޯލިހުގެ ދައުރުގައި އެކަނި ބާވައެވެ. ހަމަގައިމުވެސް މިކަމަށް އެއްބަސްވެވޭކަށްނެތެވެ. މީގެކުރިން  ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ވެރިކަމުގައިވެސް އަވަށްޓެރި އިންޑިޔާއާއެކު ގާތްގުޅުންތަކެއް ބާއްވާފައިވާކަން ފާހަގަވެފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރވެސް އިންޑިޔާއާއެކު ގާތް ޚާރިޖީ ގުޅުންތަކެއް ބާއްވައިފައިވެއެވެ. އެމަނިކުފާނުގެ ދުވަސްވަރު ރާއްޖެއަށް ދިމާވި ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވާނެވެސް އޭރުގެ ސަރުކާރުން އެންމެ ފުރަތަމަ އެހީއަކަށް އެދުނީ އަވަށްޓެރި އިންޑިޔާ ސަރުކާރުގައެެ. އެހެންކަމުން އިންޑިޔާއާއި ރާއްޖެއާއި ދެމެދު އެދުވަސްވަރު ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ގެ އިމާރާތްވެސް ކޮސްދީފައިވަނީ އިންޑިޔާ ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ.    ޖެހިގެން އައި ރައީސް ނަޝީދުގެ ވެރިކަންވެސް ފެނިގެން ދިޔައީ އިންޑިޔާއާއި ރާއްޖެއާއި ދެމދދު ގާތްގުޅުންތަކެއް ޤާއިމުވެގެންދިޔަ ދުވަސްވަރަކަށެވެ. އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހްއާ ރައީސް ނަޝީދާ ދެމެދު ގާތް ގުޅުންތަކެއް އުފެދިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. 
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ނަޝީދުގެ ވެރިކަމަށްފަހު ދެން އައި ރައީސް ވަހީދުގެ ވެރިކަމުގައިވެސް ފެނިގެން ދިޔައީ އިންޑިޔާއާއެކު ގާތްގުޅުންތަކެއް ބާއްވަމުން ދިޔަތަނެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އުފެދިގެން ދިޔަ ހަމަނުޖެހުނަތައް ކޮންޓްރޯލުކުރުމުގައި އިންޑިޔާގެ އެހީތެރިކަން ހޯއްދެވިއެވެ. ރައީސް ވަހީދުވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި އިންޑިޔާއަށް ރަސްމީ ދަތރުފުޅެއްވެސް ކުރައްވާފައެވެ.   
ރައީސް ވަހީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އެއަށްފަހު 2013ވަނަ އަހަރު ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އަައިސް ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ދިޔައީ އަވަށްޓެރި އިންޑިޔާއާއެކު ގާތްގުޅުންަކެއް ބާއްވަމުން ދިޔަތަނެވެ. އެގޮތުން ވެރިކަމާ ހަވާލުވެ ގިނަ ދުވަސަތަކެއް ނުވަނީސް ރައީސް ޔާމީންވެސް އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއްކުރެއްވިކަމީ މިކަމަށް ދަލީލިކޮށްދޭކަމެކެވެ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކެއްގެ ވާހަކަވެސް އެދަތުރުފުޅުގައި އިންޑިޔާއާއެކު ހިއްސާވެގެނއްދިޔައެވެ.    އެހެންނަމަވެސް ޗައިނާގެ ރައީސް ޝީ ޖިން ޕީންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖޭގެ ޚާރިޖި ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެގޮތުން މާލެއާއި ހުޅުލެއާއިދެމެދު ބުރިޖު އެޅުމުގެ މަޝްރޫޢު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމާއެކު ނިންމުމަށް އެއްބަސްވުމާއި ޗައިނާއިން ގެންގުޅެމުން އައި ސިލްކު ރޫޓުގައި ރާއްޖެއިން ބައިވެރިވުންވެގެން ދިޔައީ އިންޑިޔާއާއެކު ރާއްޖެއޮތް ގުޅުން ހީނަރުވެ ޗައިނާއަށް ރާއްޖެ ބަރޯސާވުން ފެށިިގެން ދިޔަ ހިސާބަށެވެ.    އެހެން ސަރުކާރުތަކާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދު ޗައިނާއަށް ބަރޯސާވެގެން ދިޔަތަން ފެނިގެންދިޔައެވެ. އިންޑިޔާގެ ބައިވެރިވުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުން އުނިވެގެންދިޔުމާއި ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ސިޔާސަތުތައް ސީދާ އިންޑިޔަާ ސަރުކާރުގެ ނިންމުންތަކާ ޚިލާފަށް އަންނަން ފެށުމުން ދެޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ޒަމާންވީ ގުޅުން ހީނަރުވާން ދިމާވި ސަބަބެކެވެ.    ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކަށް ބެއްޔަސް ނުވަތަ ފޯރުކޮސްދީފައިވާ އެހީތެރިކަމަށް ބެއްޔަސް އިންޑިޔާއަކީ އެކަމުގައި އެންމެ ކުރީސަފުގައި ފާހަގަކޮށްލެވޭނެ ޤައުމެވެ. ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެކެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...