ރ. މީދޫ ކައުންސިލުން އަރުވާ ތަކުރުފާނު އެވޯޑު މީދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަފީފް އަދި ކައުންސިލްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ޢަލީއަށް އަރުވައިފިއެވެ.
މީދޫ ކައުންސިލްގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ މި ދެބޭފުޅުންނަށް މި އެވޯޑު އަރުވާފައިވަނީ ރޭ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ކައުންސިލްގެ މަހާސަނަދު ހަފްލާގައެވެ.
ކައުންސިލުން އަރުވާ ތަކުރުފާނު އެވޯޑަކީ ރަށުގެ ވެރިކަމުގައި ނުވަތަ ހިންގުމުގެ ދާއިރާގައި ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އަރުވާ ހާއްސަ އެވޯޑެކެވެ.
ރޭގެ ހަފްލާގައި މި ދެބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވާފަައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ.