ރައީސް ޔާމީން މީދޫއަށް ވަޑައިގަންނަވަނީ މެންދުރު 12:45ގައި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މީދޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރު 12:45ގައި ކަމަށް ޕީޕީއެމް މީދޫ ގޮފިން ހާމަކުރައްވައިފިއެވެ.
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމް މީދޫ ގޮފީގެ ކެމްޕެއިން އެޑްމިނިސްޓްރޭޓަރ ޢަލީ ހަމީން ވިދާޅުވީ މެންދުރު 12:45ގައި ރައީސް ޔާމީން މީދޫއަށް ވަޑައިގަންނަވާނެކަމަށާއި ރައިސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެެންނެވުމަށް މީދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން މިއަދު މެންދުރު 12:30އަށް ބަނދަރު ސަރަހައްދަށް ނުކުތުމަށް ދަންނަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫގައި ކުރިއަށް ގެންދިޔަ މަގުހެދުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.       
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...