ލޭގެ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މުޙައްމަދު އަރުޝްއަށް އެހީވުމަށް މިއަދު ހެދިކާ ވިއްކަނީ
ލޭގެ ކެންސަރަށް ފަރުވާ ކުރަމުން އަންނަ ރ. މަޑުއްވަރީ ނާރެސް، މުޙައްމަދު އަރުޝްއަށް އެހީވުމަށްޓަކައި މިއަދު މީދޫގައި ފަންޑު ރައިޒިންގ އިވެންޓެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.   އަރުޝްގެ ޢާއިލާގެ ފަރާތުން އިސްނަގައިގެން މީދޫގައި މި ފަދަ ހަރަކާތްތައް ހިންގަމުން އަންނަ 'މީދޫ އެއިޑް' ގުރޫޕާއި ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ހެދިކާ، މަޖާ، ޖޫގޯ ފަދަ ތަކެތި ވިއްކާ ރަށުތެރޭގައި ވިއްކާގޮތަށް ހަމަޖެހިފައިވާކަމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތަކުން މަޢުލޫމާތުދެއެވެ.   އަރުޝްގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގައި ހުރިހާ ފަރާތްތަކުންވެސް ހެދިކާ ފަދަ ތަކެތި ބައްލަވައިގެން އެހީތެރިވެދެއްވުމަކީ އާއިލާ އަދި 'މީދޫ އެއިޑް'ގެ ވަރަށް ބޮޑު އެދުމެކެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4.00 ގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...