ދެވަނަ ދައުރަކަށް އިންތިޚާބުކުރައްވައިފިނަމަ އަލިފުށީގެ ބިން ހިއްކައިދޭނަން - ރައީސް ޔާމީން
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރައްވައިފިނަމަ އަލިފުށީގެ ގިރާ ސަރަހައްދާއި ދިމާލުން ބިން ހިއްކަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްވިދާޅުވެއްޖެއެވެ.   އަލިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތްދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް މިހާރު އެމަނިކުފާނު އަލިފުށްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަލިފުށީގައި ޤާއިމުވެފައިވާ ބޯޓުޔާޑާއި ދިމާލުން ގިރަމުންދާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށާއި އެތަން ހިމާޔަތްކޮށް އަލުން އެތަނަކީ އަލިފުށީގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުލިބޭނެތަނަކަށް ހެއްދެވުމުގެ ގޮތުން އެދިމާލުން ބިން ހިއްކަވައިދެއްވާނެކަމަށެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ރ އަތޮޅަކީ ޓޫރިޒަމްގެ އަތޮޅެއްކަމަށާއި އެހެންކަމުން އަލިފުށްޓާއި އެއްފަޅެއްގައި އޮތް އެއްތިގިނލީގައި ރިސޯޓެއް ތަރައްޤީކުރައްވުމަކީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ކުރައްވާނެކަމެއްކަމަށްކަމަށެވެ. އަދި އެ ރިސޯޓުގެ އިތުރުން ކައިރީގައި އޮތް ބިލެތްފަހީގައި ޤާއިމުކުރެވޭ އެއަރޕޯޓާއިއެކު އަލިފުށްޓަކީވެސް ޓޫރިޒަމްގެ ފުރިހަމަ މަންފާ ލިބޭނެރަށަކަށް ހައްދަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަލިފުށީގެ އާބާދީގައި 2500އަށްވުރެ ގިނަމީހުން އުޅޭކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި އަލިފުށީގެ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމްކޮށްދެއްވާނެކަމަށެވެ.   ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާދަމާ މީދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.            
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...