ޣާޒާ، ސީރިޔާ، ޔަމަން އަދި ރޮހިންގިޔާގެ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލެވިފައި!
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެކި ސަބަބުތަކާއި ދާޙިލީ ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމު އަޚުންނާއި އުޚުތުންނެއް އުޅެމުން އަންނަކަމީ އަޅުގަނޑުމެން އެންމެންނަށް އެނގޭކަމަކެވެ. އެ ފަދަ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމަކީ ނުހަނު މުހިއްމު އަދި އަޅުގަނޑުމެން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްވެސްމެއެވެ.   މިގޮތުން ދިވެހިންނަށް މި ފުރުޞަތު އެންމެ ފަސޭހައިން ލިބިގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ހިންގޭ ހަރަކާތްތަކުންކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. އެގޮތުން އެ ޖަމުޢިއްޔާއިން މިހާރުވަނީ ޣާޒާ، ސީރިޔާ، ޔަމަން އަދި ރޮހިންގިޔާގެ މުސްލިމުންނަށް އަބަދުވެސް އެހީވެވޭނޭހެން އެ ޤައުމުތަކަށް ވަކިން އެކައުންޓުތައް ހުޅުވާލާފައެވެ.   ތިރީގައި މިވަނީ އެ ޖަމުޢިއްޔާއިން ހުޅުވާފައިވާ އެކައުންޓުތަކެވެ. ޣާޒާ 26261-00000-777 ސީރިޔާ 26263-00000-777 ރޮހިންގިޔަ 26265-00000-777 ޔަމަން 26264-00000-777   އެހީވުމަށްޓަކައި އެ ޖަމުޢިއްޔާއަސް ފޮނުވޭ އެއްވެސް ފައިސާއަކުން އެއްވެސް މިންވަރެއް އުނިކުރުމެއް ނެތި އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެ ޖަމުޢިއްޔާއިންވަނީ އަރުވާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...