ރައީސް ޔާމީން މީދޫއަށް ވަޑައިގަންނަވަނީ!
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިމަހުގެ 28ގައި މީދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މީދޫ ޓައިމްސްއަށް އިތުބާރުހުރިގޮތަކަށް މަޢުލޫމާތު ލިބިއްޖެއެވެ.   ރައީސް ޔާމީންގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫގައި ކުރިއަށްގެންގޮސްފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ރައީސްގެ މިދަތުރުފުޅާއި ގުޅޭ އިތުރު ތަފްޞީލުލިބޭގޮތްވަނީ ނުވެފައެވެ.    ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވަމުންނެވެ. ބެލެވޭގޮތުގައި މީދޫއަށް މިކުރައްވާ ދަތުރުފުޅުގައި މީދޫގެ މަގުހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާނެއެވެ.       
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...