އައްފާން އަދި މާއިން އޭ ލެވެލް ޤައުމީ ގަދަ ދިހައެއްގައި!
މިދިޔަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރު މަހު ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭ ލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން އައްފާން މޫސާ އަދި މާއިން ރަޝީދު ޤައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.   އެގޮތުން 3 އޭ، 1 އޭ ސްޓަރ އަދި 1 ބީ ހޯދާ މާއިން ޤައުމީ ގަދަ ދިހައެއްގެ ހަ ވަނައިގައި ހިމެނިފައިވާއިރު 2 އޭ، ދެ ބީ އަދި 1 ސީ ގްރޭޑް ހޯދާ އައްފާން މޫސާ ހިމެނިފައިވަނީ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައިގައެވެ. މާއިންއަށް ސްކޫލްގެ އެއް ވަނަ ލިބިފައިވާއިރު އައްފާނަށްވަނީ ދެ ވަނަ ލިބިގެން ގޮސްފައެވެ. އައްފާން އަދި މާއިންވަނީ މީގެ ކުރިން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 81.3 އިންސައްތަ ދަރިވަރުން 3 މާއްދާއިން ފާސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.   މާއިން އަދި އައްފާން ހޯދި ފުރިހަމަ ކާމިޔާބީއަށް 'މީދޫ ޓައިމްސް'އިން މަރުހަބާ ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...