އިބޫ މީދޫއަށް ކުރަން ހަމަޖެއްސި ދަތުރު ކެންސަލްކޮށްފި
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިޙު މިއަދު މީދޫއަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ކެންސަލްކުރައްވައިފިއެވެ.
އިދިިކޮޅު އެމްޑީޕީގެ މީދޫ ގޮފީގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ މީދޫއަށް ކުރައްވަން ހަމަޖެއްސެވި ކެމްޕެއިން ދަތުރުފުޅު ކެންސަލްކުރެއްވީ މީދޫގައި ޢީދުކުޅިވަރުތައް ނުނިމޭތީ، އެކަމަށް މީދޫގެ ކެމްޕެއިން ޓީމުން ރިކުއެސްޓުކުރުމުން ކަމަށެވެ. އެހެންކަމުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބޫ މިއަދު ވަޑައިގަންނަވާނީ ރަސްމާދޫއަށާއި މަޑުއްވަރީއަށްކަމަށްވެސް މީދޫ ކެމްޕެއިން ޓީމުގެ ފަރާތުން މައުލޫމާތު ދިނެވެ.

އިދިކޮޅު ކެނޑިޑޭޓު މީދޫއަށް ދަތުރުފުޅު ދެން ކުރައްވާނެ ތާރީޚެއް އަދި ކަށަވަރުނުވާކަމަށްވެސް އެމްޑީޕީ މީދޫ ގޮފިން ހާމަކުރެއެވެ.         
ކިޔުންތެރިންގެ ހިޔާލް

2018-08-26 08:34:33
ނިހާ
ތާއީދު ނެތީމަ އަންނަން ނުކެރުނީ... ހެހެހެ
އެންމެ މަގުބޫލު: 7 ދުވަސް
...