ނުބައި މަރު
އަހަރެމެންގެ ލޯމަތިން މީހުން ނުބައި މަރުތަކުން މަރުވެގެންދާތަން ފެނެއެވެ. އެފަދަ މަރުތަކުން އަހަރެމެން ޢިބްރަތް ލިބިގަނެ އަހަރެމެންގެ ކުރިއަށް އޮތް ޙަޔާތް ކާމިޔާބު ކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރަން ޖެހެއެވެ. މަރު އަންނާނޭ ވަޤުތެއް އަހަރެމެންނަކަށް ނުއެއް އެނގެއެވެ. ނަމަވެސް އަހަރެމެން އެންމެން މަރުވާނެ ކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ބުއްދިވެރިއަކީ ފަހެ އެ މަރަށް ތައްޔާރުވާ މީހާ ނޫންތޯއެވެ؟
ޢަބްދުލް ޢަޒީޒް އިބްނު އަބީ ރައްވާދުގެ ކިބައިން އިބްނު ރަޖަބް ރިވާކުރެއްވިއެވެ. " ތިމަންނަ އެއްފަހަރެއްގައި މަރުގެ ތުންފަތްމަތިގައިވާ މީހެއްގެ ކައިރީގައި ވީމެވެ. އޭނާގެ ކައިރީގައި ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ  އިލާހަކު ނެތްކަމަށް ބުނާށޭ ބުނަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާގެ ފަހު ބަހެއް ކަމުގައިވީ ތިޔަ ބުނާ ކަލިމައަށް ތިމަންނަ ވަނީ ކާފިރުވެގެންނެވެ. " އޭނާއާ ބެހޭ ގޮތުން ހޯދާލުމުން ތިމަންނައަށް މަޢުލޫމާތު ލިބިގެން ދިޔައީ އޭނާ އަކީ ރާ ބޯ މީހެއްކަމުގައެވެ.
ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ. " ފާފައިން ތިބާ ރައްކާތެރިވާށެވެ! ފަހެ އޭނާގެ ހަލާކު ކަމުގައިވީ އޭނާގެ ފާފައެވެ. "
ރަބީޢު އިބްނު ސަބްރާގެ ކިބައިން ޤުރުޠުބީ ރިވާކުރެއްވިއެވެ. " އަހަރެން ޝާމްގެ މީހުންނާއި ބައްދަލުވިއެވެ. އެމީހުންގެ ކިބައިން ތިމަންނައަށް މަރުވަމުން ދިޔަ މީހެއްގެ ވާހަކަ ކިޔައިދިނެވެ. އޭނާގެ ކައިރީގައި ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ  އިލާހަކު ނެތްކަމަށް ބުނާށޭ ބުނުމުން އޭނާ ބުންޏެވެ. " ތިމަންނަ އަކީ ރާ ބޯ މީހެކެވެ. ތިމަންނައަށް ރާ ފޮދެއް ބޮއެލަން ދީބަލާށެވެ. "
އަލް ޖަވާބް އަލްކަފީ ގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. " މަރުވަމުންދާ ބައެއް މީހުންގެ ކައިރީގައި ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނެތްކަމަށް ބުނާށޭ ބުނުމުން އެމީހުން ޖަވާބުގައި ބުނެއެވެ. " އާހް.. އާހް.. ތިމަންނައަކަށް ތި ކަލިމައެއް ނުކިޔެއެވެ. "     ރިފަރެންސް : ގެމްސް އެންޑް ޖެޥަލްސް
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...