"ދަރިން ގާތު ނަމާދު ކުރާށޭ ބުނެ މައިބަފައިން ނަމާދު ނުކުރާ ނަމަ ކަމަކު ނުދާނެ"
 ދަރިން ގާތު ނަމާދު ކުރާށޭ ބުނުމަށްފަހު މައިންބަފައިންވެސް ނަމާދުކުރާ ނަމަ އެއީ އެ ދަރިން ފަރުޟު ފަސް ނަމާދުކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއްކަމަށް ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.    ޝައިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ "ތަރުބިއްޔަތު" މި މަޢުޟޫއުއަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ދަރުސްގައެވެ. ޝައިޚް ވިދާޅުވީ، ނަމާދު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމާއި އުމުރުން ދިހަ އަހަރު ވުމުން ދަރިންނަށް އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވުމަށް އަންގަވާފައިވާއިރު އެކަން ކުރުވައިގެން ވިއަސް ނަމާދު ކުރުވަން ޖެހޭނެކަމަށް ޝައިޚް ވިދާޅުވިއެވެ.   ހަމައެއާއިއެކު ފަތިސް ނަމާދު ނުކުރާ ކުއްޖާވެސް ގަޑި ނުޖެހި ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން މަސައްކަތް ކުރާއިރު އެއަށްވުރެ މުހިއްމީ ބަރާބަރަށް ނަމާދުކުރުވުން ކަމަށާއި ފަތިސް ނަމާދަށްވެސް ކުދިން ނަގާ އެކަމަށް އާދަކުރުވުން މުހިއްމުކަމަށްވެސް ޝައިޚްގެ ދަރުސްގައި ވިދާޅުވިއެވެ.   ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ދަރުހަކީ ޖަމުޢިއްޔަތުއް ސަލަފް އަދި އުއްމީދު ޖަމުޢިއްޔާ ގުޅިގެން ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ ދަރުސްތަކުގެ ތެރެއިން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމީ ހިޔާ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ.   ފޮޓޯ: ސަން.އެމްވީ
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...