ޤައުމު އިޞްލާޙުވާން އޮތީ ނަފުސުތައް އިޞްލާޙުވެގެން : ހުކުރު ޚުތުބާ
ޤައުމު އިޞްލާޙްވުން އޮތީ ނަފްސުތައް އިޞްލާޙުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.
އަހަރެމެންގެ ވަށައިގެން ހިނގާ ކަންކަމާ އަދި ފެންނަމުންދާ މަންޒަރުތަކަށް ވިސްނާ ފިކުރުކޮށް އެ މަންޒަރުތަކަކީ އަހަރެމެންގެ ދީނާ އަދި އެ ދީނުގެ ރިވެތި އާދަކާދަތާކާއި ކިހާ އެއްގޮތް ކަންތައްތަކެއްތޯ ނުވަތަ ނުވަތަ ކިހާ އިދިކޮޅު ކަންތައްތަކެއްތޯ ވިސްނާލުމަށާއި އަދި އިސްލާމް ދީނުގެ ރިވެތި ސުލޫކާއި އަޚްލާޤީ މާތް ސިފަތައް ޢަމަލީ މައިދާނުން ފެންނަމުންދަނީ ކިހައިވަރަކަށްތޯ ވިސްނުން ހިންގައި، ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި އުނިކަމެއް ހުރިނަމަ، އެކަމެއް އިޞްލާޙް ކުރަން މަސައްކަތްކުރުމަކީ، ދީނާއި ޤައުމުގެ ޙައްޤުގައި ކުރަންޖެހިފައިވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން އިންސާނީ މުޖުތަމަޢުތައް އިޞްލާޙް ކުރަން ފެށޭ ހިސާބަކީ ކޮންމެ އިންސާނެއްގެ އަމިއްލަ ނަފުސުކަމަށާއި އެ ނަފުސު އިޞްލާހުގެ މަގަށް އަޅުވައިފިނަމަ، އިންސާނީ މުޅި ހަޔާތް އިޞްލާހުވީ ކަމަށާއި އަދި އެ ނަފުސު އިޞްލާހު ނުވެއްޖެނަމަ، މުޖުތަމަޢަށާއި މުޅި ޤައުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރެއްވިއެވެ.
އަދި ހަމަ އެހެންމެ މުޖުތަމަޢު އާއި މުޅި ދިވެހި ޤައުމަށް އުފާފާގަތިކަން އަންނަން އޮތް ހަމައެކަނި މަގަކީ، އެހެން މީހުންގެ ކިބައިގައި ހުރި އުނި ޢައިބުތަކުގެ ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރުނުކޮށް އަމިއްލަ ނަފުސާމެދު ވަޤުތު ހުސްކޮށް ޚިޔާލުކުރުން ކަމަށާއި، މާތް ﷲ ގެ ޙައްޤުތަކާއި އިންސާނުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި އަދި ތިމާގެ ނަފުސުގައި އުނިކަމާއި، ހުތުރު އާދައެއް ހަރުލާފައި ހުރެދާނެކަން ޤަބޫލުކޮށް އެކަންކަމުން މިންޖުވުމުގެ މަގަށް ރުޖޫޢަވުން ކަމުގައި ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...