ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ގުރޭޑު 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޭ ލެވެލް ހެދުމަށް ބޭނުންވާ ދަރިވަރުންނަށް އޭ ލެވެލްއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   އެގޮތުން 2019 ވަނަ އަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޭ ލެވެލް ސައިންސް ސްޓްރީމް، ބިޒްނަސް ސްޓްރީމް އަދި ބީޓެކް އަށް ވަންނަން އެދޭ ކުދިންނަށް ފޯމު ދޫކުރުމާއި ބަލައިގަތުން މާދަމާގެ ރަސްމީ ގަޑި ނިމުމާއި ހަމައަށް ހުޅުވާލެވިފައިވާކަމަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ ހާމަކޮށްފައެވެ.   އޭ ލެވެލްއަށް ވަދެވޭނެ ފުރަތަމަ ކްރައިޓީރިއާއަކީ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ފާސްވެފައި އަދި އައި.ޖީ.ސީ.އެސް.އީ/ ޖީ.ސީ.އީ އޯލެވެލްގެ ކޮންމެވެސް އެއް ސްޓްރީމެއްގެ މަދުވެގެން 2 މާއްދާއިން ފާސްވުމާއިއެކު އިތުރު އެއް މާއްދާއިން ފާސްވެފައިވާ ދަރިވަރަކަށެ.    ހަމައެއާއިއެކު ދެވަނަ ކްރައިޓީރިއާއަކީ ޖީސީއީ އޯލެވެލް، އައިޖީސީއެސް އަދި އެސް.އެސް.ސީ އިމްތިޙާނުގައ މަދުވެގެން 4 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ. ދެވަނަ ކްރައިޓީރިއާގެ ދަރިވަރަށް ވަދެވޭނީ އެޑެކްސެލް އޭ ލެވެލްއަށް ސްކޫލްގައި ކިޔެވައިދިނުމަށް ހުއްދަދެވިފައިވާ މާއްސާތަކުގެ ތެރެއިން ސްޓްރީމް ދެ މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ.   ބީޓެކް ސްޓްރީމަށް ވަދެވޭނީ ބީޓެކް އޯލެވެލްއިން ދަށްވެގެން "ޕާސް"އެއް ލިބިފައިވާ ނުވަތަ އެސް.އެސް.ސީ، ޖީސީއީ އޯލެވެލް އަދި އައިޖީސީއެސްއީ އިމްތިހާނުން ކޮންމެވެސް 4 މާއްދާއަކުން ފާސްވެފައިވާ ނުވަތަ ދަސްވާރު ލެވެލް 3 ގެ ފާހެއް ލިބިފައިވުމާއިއެކު އެސް.އެސް.ސީ، ޖީސީއީ އޯލެވެލް / އައިޖީސީއީ އެސް.ސީގެ މާއްދާއުން ފާސްވެފައިވާ ދަރިވަރުންނަށެވެ.   އޭލެވެލްއަށް ވަނުމުގެ އިތުރު ބައެއް ޝަރުތުތަކުގެ ތެރޭގައި ޤާނޫނާ ޙިލާފުވެފައިވާ ނުވަތަ ޝަރުޢީ ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުމާއި، އެންމެ ފަހުން ދަރިވަރު ތަޢުލީމް ހާޞިލްކުރި ސްކޫލުގައި ރަނގަޅު އަޙުލާގީ ރިކޯޑެއް އޮތުމާއި 1 މާރިޗު 2019 ގެ ނިޔަލަށް 21 އަހަރު ނުފުރޭ ކުއްޖަކަށްވުމާއި ކައިވެންޏެއްކޮށްފައިނުވުމުގެ އިތުރަށް މަތީ ޘާނަވީ ފެންވަރަށް ކިޔެވުމަށް މީގެ ކުރިން ސަރުކާރުގެ ސްކޫލެއްގައި ރަޖިސްޓްރީވެފައި ނުވާ ކުއްޖެއްކަމުގައިވުމުން ހިމެނެއެވެ.    ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 2006 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ފުރިހަމަ ވަސީލަތްތަކާއި ފެންވަރު ރަނގަޅު މުދައްރިސުންނާއިއެކު އޭ ލެވެލް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...