ފަސް މާއްދާއިން 91.3 އިންސައްތަ ދަރިވަރުން ފާސްވި، މިއީ 27 އިންސައްތައިގެ ކުރިއެރުމެއް!
2018 ވަނަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރު މަހު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޖީސީއީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން 91.3 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެއްޖެއެވެ.   މިއީ 2015 ވަނަ އަހަރުން ފެށިގެން ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި އިމްތިހާނުގައި އެންމެ ރަނގަޅު ކާމިޔާބީއެއް ލިބިގެންދިޔަ އަހަރުކަމަށް މަޢުލޫމާތު ލިބެއެވެ. ހަމައެއާއިއެކު މިއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިއިރު 27 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ. އެގޮތުން 2017 ވަނަ އަހަރު ފަސް މާއްދާއިން ފާސްވެފައިވަނި 64 އިންސައްތައެވެ.   މިއަދު ޖީސީއީ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވާއިރު ގިނަ މާއްދާތަކަކުން 100 އިންސައްތަ ފާސް ހޯދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...