ޕްރައިމަރީގެ ކުރިން އެޑަމްގެ ބަސް "ކަންބޮޑު ނުވޭ- ރައްޔިތުންގެ އަޑު، ބަހުންނާއި، ޢަމަލުން އިއްވާނަން- އިއްވޭނެ! މީ ތި އެންމެންގެ އެޑަމް
އެޑަމްއާއި ކޮށްލީ ހަތަރު ސުވާލެކެވެ.؟   ފުރަތަމަ ސުވާލު: މަނިކުފާނު ސްކޫލް ދައުރުގައި ބަހުސްތަކުގައި ބައިވެރިވެ ކާމިޔާބު ހޯއްދަވާފައި ވާއިރު، އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔެއްކަން އެކުގައި އުޅޭ މީހުންނަށް އެނގި ހާމަވާއިރު، މިވަގުތު މަޑުކޮށްލައިގެން ހުންނަވަނީ ކީއްވެތޯއެވެ؟   ޖަވާބު ވަރަށް ސާދާ އެވެ. "މީ ބަސް އިއްވަންވީ ވަގުތެއް ނޫނެވެ." މީ ބަހުން ފޮނި ލަފުޒު ދޭންވީ ވަގުތެއް ނޫނެވެ" މީ އަޅުގަނޑުމެން އެ ޕާރޓީއަކަށް ފަޚުރުވެރިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ޕްރައިމަރީއެކެވެ. އަޅުގަނޑު އަބަދުވެސް އިސްކަންދޭ އެއްކަމެއް ވެއެވެ. ރަށެއްގައި އުފެދޭ ނޭއްގާނީ ފިތުނަޔަށްވުރެ ބޮޑުކަމެއް ރަށްފުށުގެ ތަރައްޤީއަށް ނޯންނަކަމެވެ. އަދި ޕާރޓީގެ ހަމަޖެހުމަށް އަބަދުވެސް ލޯބިކުރުން އެންމެ މަތީ ދަރަޖައިގައި އަޅުގަނޑުގެ ހިތުގައި އޮވެއެވެ. ވަގުތު ޖެހުމުން ރައްޔިތުންގެ އަޑު ބަހުންނާއި ޢަމަލުން އިއްވައިދޭނަމެވެ. ހާސްވެ ކަންބޮޑުވުމެއް ނެތެވެ. އެކަން ޕްރައިމަރީއަށްފަހު ފެނިގެންދާނެއެވެ."   ޝައްކެއްވެސް ނެތެވެ. އުއްމީދުން ފުރިފައިވާ ޖަވާބެކެވެ. އެޑަމްގެ ޖަވާބު މިވަގުތަށް ވަރަށް  ފުރިހަމައެވެ. އެޑަމްއަކީ، ހާސްވެ ޖެހިލުމެއް ނެތި، ރައްޔިތުންނާއި ފަރުދީ ޙައްޤުގައި ވަކާލާތުކޮށް، ޙައްޤު ހޯދުމާއި، ފަރުދީ އެހީތެރިކަން ޢަމަލުން  ދައްކުވައިދީފައިވާ، ދެއްކޭނެ ޖޯރު ހުރި ރައްޔިތު މީހާގެ މަސާހިބެކެވެ.  
ފޮޓޯ: އެޑަމްގެ ކެމްޕެއިން ޓީމް
ދެވަނަ ސުވާލު: ޙައްލު ކުރަންޖެހޭ މައްސަލަތައް ދެނެގަނެގަތުމުގެ ޤާބިލްކަން އެބަހުރިތޯއެވެ؟   "ޝައްކެއްވެސް ނެތެވެ. ދެ ރަށުގައި ހުރި މައްސަލަތައް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މަޑުއްވަރީގެ ބިމާއި، ގޯތި ގެދޮރުގެ މައްސަލަ ފަދަ މައްސަލަތަކާއި، ޒުވާނުންނަށް ހަރުދަނާ ކުޅިވަރު ވެއްޓެއް ޤާއިމްވެފައި ނެތުމާއި، މީދޫގެ ހެދިފައިވާ ބިނާވެށި ޕްލޭނަށް ޢަމަލީ މަސައްކަތް ފެށިފައި ނެތުމާއި، މީދޫ ކައުންސިލުން މާކުރިއްސުރެ ހަދާފައިވާ އެރީތި ސްޓްރެޓީޖިކް ޕްލޭންތަކުގައި މީދޫގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތަކާއި، ދެރަށަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމާއި،  މިކަންކަމަށް ރައްޔިތުންގެ އަޑު އުފުލާލަ ދިނުން ހިމެނެއެވެ. އަދި ވަންނަންޖެހޭ ކޮންމެ މުއައްސަސާއަކަށް ކެރިގެން، ދެރަށުން ނެގޭ ކަމާބެހޭ ޓީމްތަކާއެކު ވަންނާނެކަމީ ޝައްކު އޮތް ކަންކަމެއް ނޫނެވެ. މީ އެންމެ ބޭފުޅުންގެ އެޑަމްއެވެ.   އަދި ހަމައެއާއެކު، މިހާރު ސަރުކާރުން އިސްކަމެއް ދީގެން  ބަލަމުންދާ އަނިޔާވެރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ރ. މީދޫ ފެންފިޔާޒުގޭ އަލްމަރޫޙޫމް މުޙައްމަދު އަނަސްގެ އަނިޔާވެރި މަރުގެ މައްސަލަ، ސަރުކާރާއި ގުޅިގެން އަވަސްކުރުމަށް ބާރު އެޅުމުގެ ކަންކަންވެސް ހިމެނެއެވެ.   ދެ ރަށުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައި  އަޅުގަނޑުގެ އަމިއްލަ ބަހެއް އިއްވުމެއް ނެތެވެ. އިއްވައިދޭނީ ރައްޔިތުންގެ ބަހެވެ. މުއައްސަސާތަކުގެ ވެރިންނާއި، ކަމުވޮށިންގެ ބައިވެރިވުމާއެކުގައެވެ. އެހާ ހިސާބަށް ދިޔުމުން އެކަން ވަރަށް ސާފުކޮށް ފެންނާނޭކަމަށް އުއްމީދު ކުރައްވާށެވެ. ރައީސް ނަޝީދު ވިދާޅުވާހެން ނާއުއްމީދީ ބަޔަކަށް އަހަރެމެން ވުމެއް ނެތެވެ." 
ފޮޓޯ: އެޑަމްގެ ކެމްޕެއިން ޓީމް
ތިންވަނަ ސުވާލު: މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމް.ޑީ.ޕީ އަށް މަނިކުފާނުގެ އޮތް ހިތަކީ ކޮބައިތޯއެވެ.   "މީ ހިތާ ހިތުގެ ގުޅުމެކެވެ. އެއީ ރައްޔިތުންގެ ވިންދެކެވެ. އެއީ ފައިސާއަށް ނުވިކޭނެ މާ އުޖާލާ ޖަޒީރާވަންތަ ވިންދެކެވެ."  
ފޮޓޯ: އެޑަމްގެ ކެމްޕެއިން ޓީމް
ފަހު ސުވާލު: މިދާއިރާގެ ގޮނޑި އެޑަމްއަށް ލިބިއްޖެނަމަ، އެޑަމްއަށް ތާއީދުކޮށް އެޑަމްއަށް ވޯޓުދެއްވި ޕާރޓީގެ މެމްބަރުންގެ ގައިގައި ކޮޅުފައިންޖަހާ، ޕާރޓީ ބަދަލުކޮށްފާނެތޯއެވެ.   ޖަވާބަކީ "13 އަހަރު ރައްޔިތުންގެ ހައްޤުގައި މިވީ ޤުރުބާނީއާއި ޖަލުގައި އޮންނަން ޖެހުނު ދުވަސްތަކާއި އެޑަމްގެ މަދަދުވެރިންނާއި، ޕާރޓީއަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރި ސަޕޯޓަރުން އަދި ދާއިރާގެ ރައްޔިތުން މާޔޫސްވާނެ އެއްވެސްކަމެއް މިގޮނޑި ލިބިއްޖެނަމަ އެޑަމް ނުކުރާނަމެވެ. އަދި ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު، މި އެޑަމްއެއް ނުވިކޭނެއެވެ."   އެޑަމް އަށް ތާއީދުކުރައްވާ އެންމެހާ މެމްބަރުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. އެޑަމް އަބަދުވެސް އެދެނީ ޕާޓީއަށް އަދަށްވުރެ ފަހި މާދަމާއެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...