އެމް.ޑީ.ޕީ ޕްރައިމަރީ: މީދޫގައި ވޯޓުލުން ކުރިއަށްދާނީ އެމް.ޑީ.ޕީގެ ޖަގަހައިގައި
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޕްރައިމަރީގެ ވޯޓުލުން މީދޫގައި ކުރިއަށްދާނީ އެމް.ޑީ.ޕީގެ ހަރަކާތްތައް ކުރިއަށް ގެންދާ އެ ޕާޓީގެ ޖަގަހައިގައިކަމަށް އެ ޕާޓީން އިޢުލާންކޮށްފިއެވެ.   އެމް.ޑީ.ޕީގެ ޕްރައިމަރީ ވޯޓު ލުން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ މާދަމާ މެންދުރުފަހު 2:30 އިން ރޭގަނޑު 20:30 އަށެވެ. މި ޕްރައިމަރީގައި މީދޫއިން ވޯޓު ލުމުގެ ހައްޤު އެމް.ޑީ.ޕީއަށް ނިސްބަތްވާ 333 މެމްބަރުންނަށް ލިބިފައިވެއެވެ. އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރަނީ ރ. މަޑުއްވަރީ ރަތްފުސްގެ މޫސާ އަލި މަނިކު އަދި ރ. މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމެވެ.   މަޑުއްވަރީ ދާއިރާގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މާލޭގައި ދިރިއުޅޭ މެމްބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލްގައެވެ.   އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރާނީ މި ޕްރައިމަރީ ކާމިޔާބުކުރީ ކެންޑިޑޭޓެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...